ފުވައްމުލަކަކީ ދިވެހިރާއްޖޭގެ ޓެކް ސިޓީ ކަން ސާބިތުކޮށްދީފި

ނައްޓު އަދި ޝިޓިޖް - ފޮޓޯ ލޮޓީ ފްލައިސް ނައްޓު އަދި ޝިޓިޖް - ފޮޓޯ ލޮޓީ ފްލައިސް

ޒަމާނުއްސުރެން ފުވައްމުލަކަކީ ޓެކްނޮލޮޖީގެ ދާއިރާއިން ވަރަށް ފާހަނގަ ކޮށްލެވޭ ޒުވާނުން އުފެދޭ ރަށެކެވެ. އެގޮތުން މިހާރުވެސް ޓެކްނޮލޮޖީއާއި ގުޅުން ހުރި އެތަކެއް ދާއިރާތަކުގައި ފުންނާބު އުސް މަޤާމުތަކުގައި ފުވައްމުލަކުގެ ޒުވާނުން އުޅޭކަން އުފަލާއި އެކު ފާހަނގަ ކޮށްލަން ޖެހެއެވެ. ސަބަބެއް ނެތިއެއް ނޫނެވެ. މީގެ ދެތިން ދުވަސް ކުރިން މުޅި ދުނިޔެ ސިއްސުވާލި އެއް ޚަބަރަކީ މުޅި ދުނިޔޭގެ އެންމެން ދަންނަ، މައިކްރޯސޮފްޓް ކުންފުނިން ލޮޓީ ފައިލްސް ކިޔާ އެނިމޭޝަން ހަދާ ކުންފުންޏާއި ދެމެދު ވެގެން ދިޔަ އެއްބަސްވުމެއްގެ ވާހަކަ އެވެ. މި ދަންނަވާ ލޮޓީ ފައިލްސް އަކީ ދިވެހި ޑިވެލޮޕަރުންގެ ޓީމެއް މަސައްކަތްކުރާ ފުވައްމުލަކު ބައެއް ޑިވެލޮޕަރުންވެސް ހިމެނޭ ޓީމެކެވެ. މިދެންނެވި ލޮޓީ ފައިލްސްގެ ކޯ ފައުންޑަރ އަކީ ގިނަ ބަޔަކު ދަންނަ ނަމުންނަމަ "ނައްޓު" އެވެ. މިކަމުގެ އަގު ވަޒަންކޮށް ޓުވިޓާރ ގައި ދިވެހިރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވެސް ވަނީ ޝުކުރު އަދާކުރައްވާ ފައެވެ.

މައިކްރޯސޮފްޓްގެ ވެންޗާރ ފަންޑުން ވަނީ ލޮޓީ ފައިލްސް އަށް 9 މިލިޔަން އެމެރިކާ ޑޮލަރު ދިނުމަށް ނިންމާ އެކަން ޢިއުލާންވެސް ކޮށްފައި އެވެ. ލޮޓީ ފައިލްސް އަކީ ފައިލް ފޯމެޓް ބޭނުންކޮށްގެން މޯޝަން ފައިލް ނުވަތަ ޖިފް ފައިލްސް ހަދާލެވެއެވެ. 

ނައްޓު މި ނޫހާއި ވާހަކަ ދައްކަމުން ވިދާޅުވީ އަބަދުވެސް ފުވައްމުލަކަށް ނިސްބަތްވާ ޑިވެލޮޕަރުންނަށް އިސްކަންދޭ ކަމަށާއި އެގޮތުން މިހާރުވެސް އިތުރު 2 ޑިވެލޮޕަރުން ނަގައި، އިތުރު މީހަކާއެކު މިހާރުވެސް އިންޓަވިއު ޕްރޮސެސް ކުރިއަށްދާ ކަމަށެވެ. މިކަމަކީ ހަމަ ގައިމުވެސް ފުވައްމުލަކު ޑިވެލޮޕަރުންނަށް ލިބިގެންދާނެ ބޮޑު ހިތްވަރަކަށް ވެގެންދާނެ ކަމެކެވެ. 

ލޮޓީ ފައިލްސް ވެބްސައިޓުން ހިލޭ ބައެއް އެނިމޭޝަން ފައިލްސް ތަށް ރެޖިސްޓަރ ކޮށްގެން ޑައުންލޯޑް ކުރެވޭނެއެވެ. ވެބްސައިޓް އެޑްރެސް އަކީ https://lottiefiles.com އެވެ. މި ވެބްސައިޓުން ފްރީ ކޯސް ވީޑިއޯ ބަލާލެވެއެވެ.

ލޮޓި ފައިލްސްގެ ޕްރޮޑަކްޓް ބޭނުންކުރާ ދުނިޔޭގެ 65،000 ޔޫޒާރސް މިހާރުވެސް އެބަތިބި ކަން ފާހަނގަ ކުރެވެއެވެ. އަދިވެސް ފާހަނގަ ކޮށްލެވޭ ބައެއް ކުންފުނި ތަކުގެ ތެރޭގައި މައިކްރޯސޮފްޓް، ޑިސްނީ، އުބަރ، ކްރެޑް، ސްޕޮޓިފައި، ގޫގުލް، ނައިކް، ބީބީސީ، ނެޓްފްލިކްސް، ޓިކް ޓޮކް، ގްރެބް، އެމޭޒަން އަދި އެއަރ ބީއެންބީ ވެސް ހިމެނެއެވެ.

ފުވައްމުލަކުގައި އުފެދެމުން އަންނަނީ ހަމައެކަނި ޑިވެލޮޕަރުން ނެއް ނޫނެވެ. މިހާރުވެސް ރާއްޖޭގައި ނަންހިނގާ މަތީ ފަންތީގެ ބައެއް ރިޒޯޓްތަކުގެ އައިޓީ މެނޭޖަރުންގެ މަގާމުގައިވެސް ފުވައްމުލަކު ޒުވާނުން ތިބޭކަން ވެސް ފާހަނގަކުރަންޖެހެއެވެ.

ފުވައްމުލަކު އައިޓީސީ ރޮނގުގައި ފާހަނގަކޮށްލެވޭ ޓެލެގްރާމް ގުރޫޕުގައި އެކަނިވެސް 50 ވުރެ ގިނަ މީހުން ހިމެނެއެވެ. މި ގުރޫޕުގައި ވަރަށް މުހިންމު ކަންކަމާއި ގުޅޭގޮތުން ވާހަކަ ދެކެވެއެވެ. އެގޮތުން ދާދި ފަހުން ފުވައްމުލަކު ސިޓީ ކައުންސިލުން ބޭއްވި އޮންލައިން މަޝްވަރާ ބައްދަލު ވުމެއްގައި ވެސް ބައިވެރިވެ މުހިންމު ބައެއް ކަންކަމާއި ވާހަކަ ދެކެވި މަޝްވަރާ ކުރެވިފައިވެއެވެ.

 

 

Advertisement
ކިޔުންތެރިންގެ ހިޔާލު