Advertisement
Advertisement

ކޮވިޑް-19 އާއި ގުޅިގެން ފުވައްމުލަކުގައި އަޅާފައިވާ ޚާއްސަ ފިޔަވަޅު ތަކުގެ މުއްދަތު އިތުރުކޮށްފި

ކޮވިޑް19އާއި ގުޅިގެން ފުވައްމުލަކުގައި އަޅާފައިވާ ހާއްސަ ފިޔަވަޅުތަކުގެ މުއްދަތު އިތުރުކޮށްފިއެވެ. މިރޭ ފުވައްމުލަކު ސިޓީ  ކައުންސިލުން ބޭއްވި ނޫސްވެރިންގެ ބައްދަލްވުމުގައި ފުވައްމުލައް ސިޓީ ކައުންސިލްގެ ޑިރެކަޓަރ ޖެނެރަލް އަހުމަދު ނިޖާހު ވިދާޅުވި ގޮތުގައި ފުވައްމުލަކުގައި ކޮވިޑް19 ގެ ސަބަބުން އަޅާފައިވާ ފިޔަވަޅުތަކުގެ މުއްދަތު މިރޭ (19 ފެބްރުއަރީ) 12 ޖެހުމާ ހަމަވާތީ މިރޭ 12:00 އިން ފެށިގެން އިތުރު 7 ދުވަހުގެ މުއްދަތައް އިތުރު ކޮށްފައިވާ ކަމަށެވެ.

Advertisement

ކޮވިޑް19އާއި ގުޅިގެން ފުވައްމުލަކުގައި އަޅާފައިވާ ފިޔަވަޅުތައް: 

1 .ޕާޓީތަކާއި، ޙަފްލާތަކާއި، ރަސްމިއްޔާތުތައް ބޭއްވުން ހުއްޓައިލުން.

2 .ރޭގަނޑު 8:00 އިން ފެށިގެން ފަތިހު 4:00 އަށް، އެއްގަމު އުޅަނދުފަހަރު ދުއްވުމާއި، މަގުމައްޗާއި އާންމު ތަންތަނަށް
މީހުން ނުކުތުން މަނާކުރުން.

3 .ފުވައްމުލައް ސިޓީގެ އެއް އަވަށުން އަނެއް އަވަށަށް ދަތުރުކުރުން ހުއްޓައިލުމާއި، އެއް ގެއިން އަނެއް ގެއަށް ޒިޔާރަތް
ކުރުން ހުއްޓައިލުން. މީގެ ތެރޭގައި، ޒަރޫރީ ބޭނުންތަކާއި، ޞިއްޙީ ފަރުވާ ހޯދުމަށް ދާ ދިޔުމެއް ނުހިމެނެއެވެ.

4 .އެއްފަހަރާ 3 މީހުންނަށްވުރެ ގިނަމީހުން، މަގުމައްޗާއި އާންމު ތަންތާނގައި އެއްވެ އުޅުން ހުއްޓައިލުން.

5 .ސެލޫންތަކާއި، ޖިމްތަ ކާއި، ބޯކޮށާ ތަންތަން ބަންދުކުރުން.

6 .ކުޅިވަރުގެ ހުރިހާ ހަރަ ކާތްތަކާއި، ކަސްރަތު ގެ ހަރަކާތްތައް ހިންގުން ހުއްޓައިލުން.

7 .ޕަބްލިކް ޓްރާންސްޕޯޓުގެ ޚިދުމަތް ދޭ ފަރާތްތަކުންނާއި ޓެކްސީގެ ޚިދުމަތް ދޭ ފަރާތްތަކުން، ހެލްތް ޕްރޮޓެކްޝަން
އެޖެންސީން އާންމުކޮށްފައިވާ ގައިޑްލައިނާ އެއްގޮތަށް ޕަބްލިކް ޓްރާންސްޕޯޓުގެ ޚި ދުމަތާއި ޓެކްސީގެ ޚިދުމަތް ދިނުން.

8 .ފިރާތަ ކާއި ބޭންކުތައް ފަދަ އާންމު ޚިދުމަތް ދޭ ތަންތަނުގައި ޚިދުމަތް ދޭއިރު ހެލްތް ޕްރޮޓެކްޝަން އެޖެންސީން
އާންމުކޮށްފައިވާ ގައިޑްލައިނާ އެއްގޮތަށް ގައިދުރުމިން ބެހެއްޓުމާއި، ތަނަށް ވަދެވޭ އަދަދު ކަނޑައެޅުމާއި،
ރައްކައުތެރި ކަމުގެ އެހެނިހެން ފިޔަވަޅުތައް އަޅައިގެން ޚިދުމަތް ދިނުން.

9 .ޔުނިވަރސިޓީތަކާއި، ކޮލެޖްތަ ކާއި، ސްކޫލުތަކަށް ދަރިވަރުން ހާޒިރުވެގެން ކް ލާސްތައް ކުރިޔަށް ގެންދިޔުން ހުއްޓައިލުން.

10 .ހޮޓާތަކާއި، ކެފޭތަކާއި، ރެސްޓޯރަންޓް ތަކުން ދެމުންގެންދާ ޚިދުމަތްތައް ހުއްޓައިލުން. މީގެ ތެރޭގައި ޑެލިވަރީގެ ޚިދުމަތް
ދިނުމެއް ނުހިމެނެއެވެ. 

Advertisement
ކިޔުންތެރިންގެ ހިޔާލު