Advertisement
Advertisement

އެޗްޕީއޭ މިންގަނޑާ ހިލާފު ވެގެން 2 ފިހާރައެއް ޖޫރިމަނާ ކޮށްފި

ހަސާން ރާއީ

ފުވައްމުލައް ސިޓީގެ 2 ފިހާރައެއް އެޗްޕީއޭ ގެ މިންގަނޑާ ހިލާފުވެގެން ޖޫރިމަނާ ކޮށްފިއެވެ. މިރޭ ކުރިޔަށް ގެންދިޔަ ފުވައްމުލަކު ސިޓީ ކައުންސިލްގެ ކޮވިޑް-19 ގެ މައުލޫމާތު ދެއްވުމަށްް ބާއްވާ ނޫސް ވެރިންގެ ބައްދަލްވުމުގައި ފުވައްމުލައް ސިޓީ ކައިންސިލްގެ ޑިރެކްޓަރ އަލީ މަސީހު ވިދާޅުވީ ވިޔަފާރި ކުރާ 2 ފިހާރައެއް އެޗްޕީއޭ ގެ މިންގަނޑާ ހިލާފު ވެގެން ޖޫރިމަނާ ކޮށްފައިވާ ކަމަށެވެ. އަދި 26 އާންމު ފަރާތެއް އެޗްޕީއޭ ގެ މިންގަނޑުތަކާ ހިލާފު ވެގެން ޖުރިމައިނާ ކޮށްފައިވާ ކަމަށެވެ.

Advertisement

ރޭންޑަމް ސާންޕަލަކުން ފުވައްމުލައް ސިޓީ ގައި ކޮވިޑް19އަށް މީހަކު ފައްސިވި ހިސާބުން ފެށިގެން އެޗްޕީއޭ އިން ވަނީ ހަރުކަށި ފިޔަވަޅު ތަކެއް ފުވައްމުލައް ސިޓީގައި އަޅާފައެވެ.

ފުވައްމުލައް ސިޓީގައި ކޮވިޑް-19 އާއި ގުޅިގެން އަޅާފައިވާ ފިޔަވަޅުތައް:

1 .ޕާޓީތަކާއި، ޙަފްލާތަކާއި، ރަސްމިއްޔާތުތައް ބޭއްވުން ހުއްޓައިލުން.

2 .ރޭގަނޑު 8:00 އިން ފެށިގެން ފަތިހު 4:00 އަށް، އެއްގަމު އުޅަނދުފަހަރު ދުއްވުމާއި، މަގުމައްޗާއި އާންމު ތަންތަނަށްމީހުން ނުކުތުން މަނާކުރުން.

3 .ފުވައްމުލައް ސިޓީގެ އެއް އަވަށުން އަނެއް އަވަށަށް ދަތުރުކުރުން ހުއްޓައިލުމާއި، އެއް ގެއިން އަނެއް ގެއަށް ޒިޔާރަތްކުރުން ހުއްޓައިލުން. މީގެ ތެރޭގައި، ޒަރޫރީ ބޭނުންތަކާއި، ޞިއްޙީ ފަރުވާ ހޯދުމަށް ދާ ދިޔުމެއް ނުހިމެނެއެވެ.

4 .އެއްފަހަރާ 3 މީހުންނަށްވުރެ ގިނަމީހުން، މަގުމައްޗާއި އާންމު ތަންތާނގައި އެއްވެ އުޅުން ހުއްޓައިލުން.

5 .ސެލޫންތަކާއި، ޖިމްތަ ކާއި، ބޯކޮށާ ތަންތަން ބަންދުކުރުން.

6 .ކުޅިވަރުގެ ހުރިހާ ހަރަ ކާތްތަކާއި، ކަސްރަތު ގެ ހަރަކާތްތައް ހިންގުން ހުއްޓައިލުން.

7 .ޕަބްލިކް ޓްރާންސްޕޯޓުގެ ޚިދުމަތް ދޭ ފަރާތްތަކުންނާއި ޓެކްސީގެ ޚިދުމަތް ދޭ ފަރާތްތަކުން، ހެލްތް ޕްރޮޓެކްޝަންއެޖެންސީން އާންމުކޮށްފައިވާ ގައިޑްލައިނާ އެއްގޮތަށް ޕަބްލިކް ޓްރާންސްޕޯޓުގެ ޚި ދުމަތާއި ޓެކްސީގެ ޚިދުމަތް ދިނުން.

8 .ފިރާތަ ކާއި ބޭންކުތައް ފަދަ އާންމު ޚިދުމަތް ދޭ ތަންތަނުގައި ޚިދުމަތް ދޭއިރު ހެލްތް ޕްރޮޓެކްޝަން އެޖެންސީންއާންމުކޮށްފައިވާ ގައިޑްލައިނާ އެއްގޮތަށް ގައިދުރުމިން ބެހެއްޓުމާއި، ތަނަށް ވަދެވޭ އަދަދު ކަނޑައެޅުމާއި،ރައްކައުތެރި ކަމުގެ އެހެނިހެން ފިޔަވަޅުތައް އަޅައިގެން ޚިދުމަތް ދިނުން.

9 .ޔުނިވަރސިޓީތަކާއި، ކޮލެޖްތަ ކާއި، ސްކޫލުތަކަށް ދަރިވަރުން ހާޒިރުވެގެން ކް ލާސްތައް ކުރިޔަށް ގެންދިޔުން ހުއްޓައިލުން.

10 .ހޮޓާތަކާއި، ކެފޭތަކާއި، ރެސްޓޯރަންޓް ތަކުން ދެމުންގެންދާ ޚިދުމަތްތައް ހުއްޓައިލުން. މީގެ ތެރޭގައި ޑެލިވަރީގެ ޚިދުމަތްދިނުމެއް ނުހިމެނެއެވެ. 

   

Advertisement
ކިޔުންތެރިންގެ ހިޔާލު