Advertisement
Advertisement

ފުވައްމުލަކުގައި ވެސް ފިޔަވަޅުތަށް އިތުރަށް ވަރުގަދަކޮށްފި

ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތް މައިމޫނާ އަބޫބަކުރު ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތް މައިމޫނާ އަބޫބަކުރު

ފުވައްމުލައް ސިޓީ ގައި ޚާއްސަ ފިޔަވަޅުބތަކެއް އަޅަެި ތަންފީޒު ކުރަން ފަށައިފިއެވެ.

Advertisement

އައްޑޫ ސިޓީ، ލ. ގަން، ގދ. ތިނަދޫ، ގއ. ދާންދޫ، އދ. މާމިގިލި، ފ. ނިލަންދޫ، ފ. ފީއަލީ ގައި ކޮންމެ ދުވަހަކު ހަވީރު 4:00 އިން މެންދަމު 4:00 އަށް، އެއްގަމު އުޅަނދުފަހަރު ދުއްވުމާއި، މަގުމައްޗާއި އާންމު ތަންތަނަށް މީހުން ނިކުމެ އުޅުން ހުއްޓައިލުމަށް ވަނީ އަންގާފައިވެއެވެ.

ނަމަވެސް މިވަގުތުގައި ފުލުހުންގެ ހުއްދައާއި އެކު ޑެލިވަރީގެ ޚިދުމަތް ދެވޭނެ ކަމަށް ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތް މައިމޫނާ އަބޫބަކުރު ސޮއިކުރައްވާ ނެރުނު ބަޔާނުގައިވެއެވެ.

މަތީގައި އެވާ ފިޔަވަޅުތަކުން އިސްތިސްނާވާ ފަރާތްތަކުގެ ތެރޭގައި، ސިފައިންނާއި ފުލުހުން، ސިއްޚީ ޚިދުމަތްދޭ އިދާރާތަކުގެ މުއައްޒަފުންނާއި، އެ މުއައްޒަފުން ދުއްވާ އުޅަނދުފަހަރު، އެމްބިއުލާންސް، ޓާސްކްފޯސް ފާސް ލިބިފައިވާ ފަރާތްތައް، އެމެޖެންސީކޮށް ސިއްޚީ ޚިދުމަތް ހޯދަންޖެހޭ ފަރާތްތަކެވެ.

ފުވައްމުލަކުގެ ހާލަތު ގޯސްވަމުން އަންނާތިީ ކައުންސިލުން ވަނީ ޚާއްސަ ފިޔަވަޅުތަކެއް އަޅާފައެވެ. އެގޮތުން ވިޔަފާރި ކުރަން ފިހާރަތަކަށް ނުގޮސް އެ ސިޓީގައި ވަނީ ޑެލިވަރީގެ ޚިދުމަތް ފަށާފައެވެ. ޑެލިވަރީ ކުރުމަށް ފާސް ދޫކުރަމުން އަންނަނީ ރެސްޓޯރެންޓް ތަކަށާއި، ފިހާރަ ތަކަށެވެ. އެއީ ހަވީރު 4:00ން ފެށިގެން 6:00ށް ދޫކުރާ ފާހެކެވެ. ޒަރޫރީ އެހެން ބޭނުންތަކަށް ގެއިން ބޭރަށް ނުކުންނަށް ބޭނުންވާ ފަރާތްތަކަށް ޕޮލިސް ޕޯޓަލް މެދުވެރިކޮށް ފާސް ލިބޭނެ ކަމަށް ކައުންސިލުން ބުނެއެވެ. އަދި އެ ސިޓީގެ ސްކޫލްތައް ބަންދުކޮށް އޮންލައިންކޮށް ކިޔަވައިދޭން ވަނީ ފަށާފައެވެ. އަދި އެ ސިޓީގައި މިހާރު ހަވީރު 4:00 ފެށިގެން ފަތިހު 6:00ށް އަންނަނީ ކާފިއު ވެސް ހިންގަމުންނެވެ.

ފުވައްމުލަކު ހޮސްޕިޓަލުން އިއްޔެ ހާމަކުރި ހިސާބުތަކަށް ބަލާއިރު، 12 ކޭސް އަލަށް ފެނިފައިވެއެވެ. އެއާއި އެކު ފުވައްމުލަކުގައި ކޮންފާމްވި މީހުންގެ އަދަދު 372 އަށް އެރީއެވެ. އިއްޔެ ނަގާފައިވާ ސާމްޕަލްތަކުގެ އަދަދަކީ 115 އެވެ. 219 ސާމްޕަލްގެ ނަތީޖާ އަދި ނުލިބި ވާއިރު މިވަގުތު އެކްޓިވް ކޭސްތަކުގެ އަދަދަކީ 254 އެވެ.

Advertisement
ކިޔުންތެރިންގެ ހިޔާލު
ނޯވޭ ބަހުގެ
ތި އަޅާފައިވާ ވަރުގަދަ ފިޔަވަޅެއް ނުފެނެއެވެ