Advertisement
Advertisement

2 މީހަކު ޕޮޒިޓިވްވެ ފުވައްމުލައް ސިޓީ މޮނިޓަރިންގއަށް

ކޮވިޑް-19 އަށް ދެ މީހަކު ޕޮޒިޓިވްވެ ފުވައްމުލައް ސިޓީ މޮނިޓަރިންގއަށް ލައިފިއެވެ.

Advertisement

ޕޮޒިޓިވް ވެފައިވަނީ، މި ހަފްތާގެ އާދިއްތަ ދުވަހު އެ ސިޓީގައި ކޮވިޑް ފެތުރިފައިވޭތޯ ބެލުމަށް ނެގި ރެންޑަމް ސާމްޕަލްތަކުގެ ތެރެއިން މިހާތަނަށް ނަތީޖާ ލިބުނު ދެ ސާމްޕަލްއެވެ.

ރެންޑަމް ސާމްޕަލް ނަގާފައިވަނީ އާއްމުންންނާ ގިނައިން ބައްދަލުވެ އުޅޭ މީހުންގެފަރާތުން ކަމަށްވާތީ، ފުވައްމުލައް ސިޓީގައި 'ކޮމިއުނިޓީ ސްޕްރެޑެއް' އޮތުމުގެ ފުރުސަތު ބޮޑުކަމަށް ބެލެވޭ ކަމަށް ވެސް އެ ހޮސްޕިޓަލުން ބުނެއެވެ.

ކޮންޓެކްޓް ޓްރޭސިން ހެދުމާއި ރައްކާތެރިކަމުގެ ގޮތުން އިތުރަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ކަމާގުޅޭ އިދާރާތަކާއެކު އެ ހޮސްޕިޓަލުން މަސައްކަތްކުރަމުން އަންނަ ކަމަށާއި މިވަގުތުން ފެށިގެން އެ ރަށް ވެސް މޮނިޓަރިންގ ހާލަތަށް ލެވިފައިވާ ކަމަށް ހާމަކޮށްފައިވެއެވެ. މޮނިޓަރިންގ އަށް ލުމާއެކު އެރަށަކަށް އަރާ ފޭބުން މޮނިޓަރިންގ އުވާލެވެންދެން މަނާވާނެއެވެ.

Advertisement
ކިޔުންތެރިންގެ ހިޔާލު