ރާއްޖޭގެ ހުރިހާ ރަށެއްގައި ފެނާއި ނަރުދަމާގެ މަސައްކަތް މި އަހަރު ނިމުމުގެ ކުރިން ފެށޭނެ
ރާއްޖޭގެ ހުރިހާ ރަށެއްގައި ފެނާއި ނަރުދަމާގެ މަސައްކަތް މި އަހަރު ނިމުމުގެ ކުރިން ފެށޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ. ރައީސުލް ޖުމްހޫރިއްޔާ އިތުރަށް ވިދާޅުވީ މިވަގުތު ހުރިހާ ޕްރޮޖެކްޓެއް ޓެންޑަރ ޕްރޮސެސްގައި ކަން ފާހަނގަ ކުރައްވަމުން ވިދާޅުވީ މި މަސް ތެރޭގައިވެސް ގިނަ ޕްރޮޖެކްޓް ތަކެއްގައި ސޮއި ކުރެވޭނެ ކަމަށެވެ. އަދި ބާކީ ހުރި ހުރިހާ ޕްރޮޖެކްޓްތަށް އެކި ފަރާތްތަކާއި ދެތިން މަހެއްގެ ތެރޭގައި ހަވާލު ކުރެވި މި އަހަރު ނިމުމުގެ ކުރިން އަމަލީ މަސައްކަތް ފެށިގެންދާނެ ކަމަށެވެ.
މިލިޔުން ކިޔާލުމުން