ފުވައްމުލަކު ގިރާ ސަރަޙައްދު ހިމާޔަށް ކުރުމުގެ މަސައްކަތް ފެށެނީ!

ފުވައްމުލަކު ގިރާ ސަރަހައްދު ހިމާޔަތް ކުރުމުގެ ގޮތުން 2 ކިލޯ މީޓަރު ހިލަ ޖެހުމުގެ މަސައްކަތް އެމްޓީ ހޯގާޑް އާއި މިހާރު ވަނީ ހަވާލު ކުރެވިފައެވެ.
މި މަސައްކަތަށް ބޭނުންވާނެ މެޝިނަރީސް ހޯދުމުގެ މަސައްކަތް ކަމަށް އިތުބރުހުރި މަސްދަރަކުން "ރަށިކަބަރޮ"އަށް ވަނީ މައުލޫމާތުދީފައެވެ. ނަމަވެސް މަސައްކަތް ރަސްމީކޮށް ފެށިގެންދާނެ ދުވަހެއް ނޭގޭ ކަމަށްވެސް މަޢުލޫމާތު ދެއްވިއެވެ. ނަމަވެސް މި މަސައްކަތަށް ބޭނުންވާނެ މެޝިނަރީސް ހޯދުމުގެ މަސައްކަތް ވަރަށް ބާރަށް ކުރިއަށްދާކަމުގެ ޔަޤީންކަން އެބަ އޮތް ކަމަށް "ރަށި ކަބަރޮ" އާއި ވާހަކަ ދެއްކި ފަރާތުން ބުނެއެވެ.
ރަށް ގިރުމުގެ މައްސަލައަކީ ފުވައްމުލަކު ރައްޔިތުންނާއި ސީދާގޮތުން ގުޅުން ހުރި ކަމަކަށްވެފައި، މި ކަމަކީ މި ސަރުކާރުގެ ވައުދެއް ކަންވެސް ފާހަނގަ ކޮށްލަން ޖެހެއެވެ. މި މަސައްކަތް ނުފެށި ލަސްވަމުންދާތީ ރައްޔިތުންގެ ފާޑުކިޔުން ސަރުކާރަށް ވަރަށްބޮޑަށް ވަނީ އަމާޒުވެފައެވެ.