ރައީސުލް ޖުމްހޫރިއްޔާގެ ނައިބް، ފައިސަލް ނަސީމްގެ ރަސްމީ ދަތުރުފުޅުގައި ފުވައްމުލަކުގެ 3 ޕްރޮޖެކްޓެއްގެ އަމަލީ މަސައްކަތް ފެށެނީ

ރައީސުލް ޖުމްހޫރިއްޔާގެ ނައިބް، ފައިސަލް ނަސީމް ފުވައްމުލަކަށް ކުރައްވާ ރަސްމީ ދަތުރުފުޅުގައި ފުވައްމުލަކަށް ވަޑައިގެންފިއެވެ.
ނައިބް ރައީސަށް މަރުހަބާ ދެންނެވީ ފުވައްމުލައް ސިޓީގެ މޭޔަރ އިސްމާއިލް ރަފީޤުގެ އިތުރުން ޑެޕިއުޓީ މޭޔަރ އަދި ކައުންސިލަރުންނެވެ. ހަމަ އެއާއިއެކު ސަރުކާރުގެ އިދާރާތަކުގެ އިސް ވެރިންވެސް ވަޑައިގެންނެވިއެވެ.
މިދަތުރުފުޅުގައި ކުރުމަށް ހަމަޖެހިފައިވާ އެހެން ކަންތަށް ތިރީގައި އެވަނީއެވެ.
26 އޮކްޓޫބަރ 2021
10:00 ސިޓީ ކައުންސިލާ ބައްދަލުކުރެއްވުން
11:00 ޏ އަތޮޅު ތަޢުލީމީ މަރުކަޒަށް އިތުރުކުރެވޭ އިމާރާތް އަޅާ ބިން ބައްލަވައިލެއްވުން
13:30 ފުވައްމުލަކު ހޮސްޕިޓަލުގެ ލެބޯޓެރީއަށް އިތުރު ކުރެވޭ ބައިގެ ބިންގާ އެޅުމުގެ ރަސްމިއްޔާތު
16:00 ނެރު ބެއްދުމުގެ މަސައްކަތް އިފްތިތާޙް ކޮށްދެއްވުން
16:30 އެމްޓީސީސީއިން ކުރިއަށް ގެންދާ ފުވައްމުލަކުގެ މަގުހެދުމުގެ ޕްރޮޖެކްޓުގެ މަސައްކަތް ކުރިއަށްދާގޮތް ބައްލަވައިލެއްވުން
27 އޮކްޓޫބަރ 2021
09:00 ޖަހާއިރު ފުވައްމުލައް ސިޓީގެ މަސްޖިދުލް ހުދާ މިސްކިތުގެ މަސައްކަތް ކުރިއަށްދާގޮތް ބައްލަވާލެއްވުން
10:00 ޖަހާއިރު ފުވައްމުލަކު ސްކޫލުގެ ދެ ކްލާސް ރޫމްގެ ބިންގާ އަޅައިދެއްވުން
11:00 ފުވައްމުލަކު ސްކޫލްތަކުގެ ސީނިޔާ ބޭފުޅުންނާއި ބައްދަލުކުރުން
މާދަމާގެ މެންދުރު ފަހު 2 ޖަހާއިރު މުޙައްމަދު ޖަމާލުއްދީން ސްކޫލުގެ ހޯލް ހުޅުވުން
16:00 ގައި ފުވައްމުލައް ސިޓީގެ ޙާފިޒުން ޓެސްޓް ކުރުމުގެ ޢަމަލީ ޕްރޮގްރާމް ފެއްޓުމުގެ ރަސްމިއްޔާތު
20:30 ގައި ފުވައްމުލައް ސިޓީގައި ހުންނަ ޤުރުއާނާއި ބެހޭ މަރުކަޒުގެ ދަސްވެ ނިމުމުގެ ޖަލްސާ
ފުވައްމުލަކުން ނައިބް ރައީސް ފުރާވަޑައިގަތުމަށް ހަމަޖެހިފައިވަނީ 28 އޮކްޓޫބަރު 2021 ވަނަ ދުވަހު 09:30 ގައެވެ. ރައިސުލްޖުމްހޫރިއްޔާގެ ނައިބުގެ ހުރިހާކަމެއްވެސް ހަމަޖައްސާފައިވަނީ ސްޕެޝަލް ޕްރޮޓެކްޝަން ގުރޫޕުންނާއި ރައިސުލްޖުމްހޫރިއްޔާގެ އޮފީހުގެ ސެކްރެޓޭރިއެޓް އޮފްދަ ވައިސް ޕްރެޒިޑެންޓުންނެވެ.