Advertisement
Advertisement

ފުވައްމުލަކުގެ ބަނދަރުގައި އޮތް ކެރޭނެއް ދޯންޏެއްގެ މައްޗައް ވެއްޓިއްޖެ

ފޮޓޯ - ފޭސްބުކް ފޮޓޯ - ފޭސްބުކް

ފުވައްމުލަކުގެ ބަނދަރުގައި އޮތް ކެރޭނެއް ދޯންޏެއްގެ މައްޗައް ވެއްޓިއްޖެ އެވެ. މި ކެރޭނު ވެއްޓުނު ކަމަށް މަންޒަރު ދުއް ފަރާތަކުން ބުނީ، އެ ކެރޭނު ވެއްޓެން ދިމާވި ސަބަބަކީ ލަކުޑި ޕެލެޓް ތަކެއް ނެގުމުގެ ތެރޭގައި ޖެކް ކަހާލައިގެން ނުވަތަ އޯވަރ ލޯޑް ވެގެން ކަމަށް ލަފާކުރެވޭ ކަމަށެވެ. މިހާރު ދަނީ މި ކެރޭނު ނެގުމުގެ މަސައްކަތް ކުރަމުންނެވެ.

Advertisement

ޚަބަރު ލިބޭ ގޮތުގައި މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ނުވެއެވެ. ކެރޭނު ދޯނި މައްޗަށް ވެއްޓުނު ނަމަވެސް ދޯންޏަށް މާބޮޑު ގެއްލުމެއް ނުވެއެވެ. ސަބަބަކީ ކެރޭނު ވެއްޓިފައިވަނީ ދޯނި މަތީގައި ހުރި ލަކުޑި ޕެލެޓް ތަކުގެ މައްޗަށް ކަމަށް ވުމުންނެވެ.


Advertisement
ކިޔުންތެރިންގެ ހިޔާލު
ދިވެހި
ދިވެހި