Advertisement
Advertisement

ފުވައްމުލަކުގައި އީދު ކުޅިވަރުތަށް ނުބޭއްވުމަށް ކައުންސިލުން ޢިލްތިމާސްކޮށްފި!

ފޮޓޯ: ފުވައްމުލަކު ސިޓީ ކައުންސިލް ފޮޓޯ: ފުވައްމުލަކު ސިޓީ ކައުންސިލް

ފުވައްމުލަކުގައި އީދު ކުޅިވަރުތަށް މިވަގުތަށް ނުބޭއްވުމަށް ކައުންސިލުން ޢިލްތިމާސްކޮށްފިއެވެ.

Advertisement

 ބުދަދުވަހުގެ ރޭ 21:00 ގައި ފުވައްމުލަކު ސިޓީ ކައުންސިލް އާއި އެމެޖެންސީ އޮޕަރޭޝަން ސެންޓަރުން ބޭއްވި ނިއުސް ކޮންފަރެންސުގައި ކައުންސިލްގެ ޑިރެކްޓަރ ނިޖާހު ވިދާޅުވީ ކުރިއަށް އޮތީ ޢީދު ދުވަސްތަށް ކަމަށްވެފައި ޢީދު ދުވަސްތަކުގައި ޢީދު ކުޅިވަރުތަށް ކުޅުމަށް ބައެއްފަރާތްތަކުން ތައްޔާރުވަމުން އަންނަކަމުގެ މައުލޫމާތު އެ ކައުންސިލަށް އަންނަނީ ލިބެމުން ކަމަށެވެ.

 ކޮވިޑް ހަލުވިކަމާއި އެކު ފެތުރެމުންދާ މި ދަނޑިވަޅުގައި އެންމެ މުހިއްމު ކަމެއް މިވަގުތު ދޭންވީ އެންމެންގެ ރައްކާތެރިކަމަށް ކަމަށް ނިޖާހް ވިދާޅުވިއެވެ.

ނިޖާހް އިތުރަށް ވިދާޅުވީ މިހާރު ފުވައްމުލަކުގެ ހާލަތު ހުރިގޮތުން މިހާރު މިވަނީ ކޮމިއުނިޓީ ސްޕރެޑަކަށް ބަދަލުވެފަ ކަމަށް، އެހެންވީމަ ޢީދު ކުޅިވަރުތަކުގެ ސަބަބުން އިތުރަށް މި ބަލި އިތުރުވެގެން ގޮސް ބައެއްގެ ފުރާނައަށް ގެއްލުން ލިބިދާނެ ހިސާބަށްވެސް ގޮސްފާނެ ކަމަށްވެސް ބެލެވޭތީ މިވަގުތު އެންމެ ރަނގަޅުވާނީ މިފަދަ އެއްވެސް އެއްވުމެއް ނުބޭއްވުން ކަމަށެވެ. 

މާލެއިން ފުވައްމުލަކަށް ހޯމް ކަރަންޓީނަށް އަންނަ ބައެއް ފަރާތްތަށްވެސް ކޮވިޑަށް ޕޮޒިޓިވް ވަމުން އަންނަ ކަމަށާއި މީގެ ކުރިންވެސް ފުވައްމުލަކުގައި ކޮވިޑް ފުރަތަމަ ރާޅު ނެގި ފަހުން މަހެއްހާ ދުވަސްތެރޭގައި ވަނީ އެކަމުން އަރާގަނެވިފައެވެ. އެހެން އެކަން ވެގެން ދިޔައީ އޭރުވެސް ހުރިހާ ރައްޔިތުން އެކުގައި ކުރި މަސައްކަތުން ކަން ނިޖާހު ފާހަނގަ ކުރެއްވިއެވެ.



Advertisement
ކިޔުންތެރިންގެ ހިޔާލު