ކޮވިޑް 19: ފުވައްމުލައް ސިޓީގެ ހާލަތު ވިލަރެސްކުރާ ވެރިޔަކަށް ހާލިސް ޝަރީފް

މުހައްމަދު ހާލިސް ޝަރީފު މުހައްމަދު ހާލިސް ޝަރީފު

ކޮވިޑް19 މެނޭޖްކުރުމަށްޓަކައި ފުވައްމުލައް ސިޓީގައި ކުރާ މަސައްކަތްތައް ސަރުކާރުގެ ފަރާތުން ވިލަރެސްކުރާ ސިޔާސީ އިސްވެރިޔަކަށް މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިންގ، ހައުސިން އެންޑް އިންފްރާސްޓްރަކްޗަރގެ ޑެޕިއުޓީ މިނިސްޓަރު މުހައްމަދު ހާލިސް ޝަރީފު ހަމަޖައްސަވައިފިއެވެ.

މިއީ ކޮވިޑް19 އާ ގުޅިގެން އަތޮޅުތަކުގެ ހާލަތު ބެލުން އިތުރަށް ހަރުދަނާ ކުރުމަށާއި، ކޯޑިނޭޝަން މަސައްކަތްތައް އިތުރަށް ރަނގަޅުކުރުމަށްޓަކައި ކޮންމެ އަތޮޅަކަށް ކޯޑިނޭޓަރެއް ކަނޑައެޅުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ނިންމާފައިވާ ގޮތަށް ފުވައްމުލައް ސިޓީގެ ކަންކަން ބެލުމަށް ކަނޑައެޅި ފަރާތެވެ.

ހާލިސް ޝަރީފުގެ އިތުރުން ފުވައްމުލައް ސިޓީ އަށް ނިސްބަތްވާ އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުން ކަމަށްވާ ޑރ. އަބްދުﷲ ރަޝީދު ވަނީ ށަވިޔަނި އަތޮޅަށް އަދި އާއިޝަތު އާތިޔާ ނަސީރު ވަނީ އިހަވަންދިއްޕޮޅު އަތޮޅު ކޯޑިނޭޓަރުކަމަށް ކަނޑައަޅައިފައެވެ.

ހެލްތު މިނިސްޓްރީން ހާމަކޮށްފައިވާ ގޮތުގައި މިބޭފުޅުން މަސައްކަތް ކުރާނީ ކައުންސިލްތަކާއި ޓާސްކްފޯސްތަކާ ގުޅިގެން އެ އަތޮޅެއްގައި ކޮވިޑް19 ކޮންޓްރޯލްކުރުމަށް ކުރަމުންދާ މަސައްކަތުގައި ހުރި މައްސަލަތަކާއި ދަތިތައް ހެލްތު އެމަޖެންސީ އޮޕަރޭޝަން އޮޕަރޭޝަން ސެންޓަރަށާއި ކަމާ ގުޅުންހުރި ފަރާތްތަކުގެ ސަމާލުކަމަށް ގެނެސް، އަދި އެކަން ހިނގާ ނުހިނގާ ގޮތް މޮނީޓާކުރުން ކަމަށެވެ. 

Advertisement
ކިޔުންތެރިންގެ ހިޔާލު