Advertisement

ފުވައްމުލަކުގައި މިވަގުތު ޕޮޒިޓިވް 104 މީހުން އެބަތިބި

މުހައްމަދު ޝަހީދު

ފުވައްމުލަކުގައި މިވަގުތު ޕޮޒިޓިވް 104 މީހުން އެބަތިބި ކަމަށް ފުވައްމުލަކުގެ ކޮވިޑް ހާލަތު ހާމަކުރާ ވެބްސައިޓުން ދައްކައިފިއެވެ.

Advertisement

މިވެބްސައިޓުގައި ވާގޮތުން މިއަދުގެ ހަވީރު 5 ޖެހުމާއި ހަމަޔަށް ނެގިފައިވާ ސާމްޕަލްތަކުގެ ނަތީޖާ ބުނާގޮތުން ވޭތުވެދިޔަ 24 ގަޑިއިރު ތެރޭގައި ޕޮޒިޓިވް ވެފައިވަނީ 4 މީހުންނެވެ. މިއާއި އެކު ޖުމްލަ 104 މީހުން ޕޮޒިޓިވްވެފައި ވާކަމަށް ވެއެވެ. އެއީ 103 ދިވެހިންނާއި 1 ބިދޭސީއެކެވެ. އެންމެ ގިނަމީހުން މިވަގުތު ޕޮޒިޓިވް ވެފައި ތިބިކަމަށް ދައްކަނީ ހޯދަޑު އަވަށުގައެވެ. މި އަވަށުގައި 59 ކޭސް ހިމެނެއެވެ. ދެން އެންމެ ގިނައީ 15 މީހުނާއި އެކު މާދަނޑު އެވެ. ދޫނޑިގަމުގައި މިވަގުތު އެންމެ ކޭހެއްވެސް ނެތެވެ.

މިހާތަނަށް ޖުމްލަ 20،726 ސާމްޕަލް ފުވައްމުލަކުން ނަގާފައިވެއެވެ. އޭގެ ތެރެއިން ޖުމްލަ ޕޮޒިޓިވް ވި މީހުންގެ އަދަދަކީ 974 އެވެ. މީގެ ތެރެއިން 869 މީހުން ރަނގަޅުވެފައިވާއިރު އުމުރުން ދުވަސްވީ އެކަކު ވަނީ ދުނިޔެ ދޫކޮށްފައެވެ. 

މި މަހުގެ 8 ވަނަ ދުވަހަކީ 3 މަސް ދުވަސް ވަންދެން ފުވައްމުލަށް މޮނިޓަރިންގ ގައި އޮތުމަށްފަހު ދޫކޮށްލި ފަހުން އެންމެ ގިނަ މީހުން ޕޮޒިޓިވްވި ދުވަހެވެ. އެދުވަހު 37 މީހުން ޕޮޒިޓިވް ވެފައިވާ ކަމަށް ހިސާބުތަކުން ދައްކައެވެ.

މިއާއިއެކު އަނެއްކާވެސް 3 ވަނަ ރާޅެއް ފުވައްމުލަކަށް އެރީހެންވެސް ހީވާން ފެށިއެވެ. އެކަމަކު އަދި އޭގެ ފަހުން އަދަދުތަށް މާ މައްޗައް ދާތަނެއް ނުފެނެއެވެ. ގައި ދުރުކުރުމާއި އެކު ރައްކާތެރި ކަންކަމާއި މެދު އެންްމެންވެސް ވިސްނުން ގެންގުޅުމަކީ މިބަލިން ރައްކާތެރިކަން ތިމާއަށާއި އެހެންމީހުންނަށް ލިބިގެންދާނެ ކަމެކެވެ. އަދި ވީހާވެސް ގިނަ ބޭފުޅުން ވެކްސިން ޖެހުމަކީވެސް ހަމަ އެހާމެ ބޭނުންތެރި ކަމެއް ކަމުގައި ދަންނަވާލަން ޖެހެއެވެ.

Advertisement
ކިޔުންތެރިންގެ ހިޔާލު