Advertisement
Advertisement

ފުވައްމުލަކު މިސްކިތްތައް އިތުރު ހަފްތާއަކަށް ބަންދު

ފުވައްމުލަކު މިސްކިތެއްގައި ޖަމާޢަތުގައި ނަމާދަ ކުރަނީ ފުވައްމުލަކު މިސްކިތެއްގައި ޖަމާޢަތުގައި ނަމާދަ ކުރަނީ

ފުވައްމުލަކުގެ މިސްކިތްތައް އިތުރު އެއް ހަފްތާއަށް ބަންދު ކޮށްްފިއެވެ.

Advertisement

ފުވައްމުލަކުގައި ހަލުވި ކަމާއި އެކު ކޮވިޑް ފެތުރެމުންދާތީ އެކަން ކޮންޓްރޯލް ކުރުމުގެ ގޮތުން ކައުންސިލުން އެޅި ފިޔަވަޅުތަކުގެ ތެރެއިން މިސްކިތްތައް ބަންދުކުރަން ނިންމި ނިންމުން މިއަދުގެ އިޝާ ނަމާދާއި ހަމައަށް ވަނީ ހަމަވެފައެވެ. ނަމަވެސް މިހާރު މިވަނީ އިތުރު 1 ހަފްތާއަށް ފުވައްމުލަކު މިސްކިތްތަށް ބަންދު ކުރަން ނިންމާފައެވެ. މިގޮތަށް ނިންމާފައިވާކަން ވިދާޅުވީ މިރޭ އީއޯސީއާއި ފުވައްމުލަކު ކައުންސިލުން އާއްމުކޮށް ކޮންމެރެއަކު ބާއްވަމުން އަންނަ ބައްދަލުވުމުގައި ކައުންސިލުގެ ޑިރެކްޓަރ ނިޖާހުއެވެ.

ނިޖާހު އިތުރަށް ވިދާޅުވީ އަދިވެސް ސިޓީގެ އާއްމު ހާލަތު ރަނގަޅުވާ މަންޒަރު ފެނިގެން ނުދާތީ އެގޮތަށް ނިންމީ ކަމަށެވެ.

ފުވައްމުލަކުގެ އިތުރުން މާލެ އަދިވެސް ވަރަށް ގިނަ ރަށްތަކުގައި މިވަގުތު ވަނީ ޖަމާޢަތުގައި ނަމާދު ކުރުން މަނާކޮށް މިސްކިތްތަށް ބަނދުކޮށްފައެވެ. މިކަމުގެ ސަބަބުން ބައެއް ދީނީ ޢިލްމުވެރިން ވަނީ ނުރުހުން ފާޅުކޮށްފައެވެ.

 ނަމަވެސް މާލެ ސިޓީގައި ބައެއް މިސްކިތްތަކަށް މީހުން ނަމާދައް ދާކަން ފާހަނގަ ކުރެވެއެވެ. އަދި ފުލުހުން ދަނީ ބައެއް މީހުން ޖުރުމާނާވެސް ކޮށްފައެވެ.

Advertisement
ކިޔުންތެރިންގެ ހިޔާލު