Advertisement
Advertisement

ފުވައްމުލަކުގައި 500 ހައުސިން ޔުނިޓް އަޅަން ކައުންސިލުން ފާސްކޮށްފި

މުހައްމަދު ޝަހީދު
ކައުންސިލަރ ނާސިރު ކައުންސިލްގެ 4 ވަނަ ދައުރުގެ 4 ވަނަ ޖަލްސާގައި ކައުންސިލަރ ނާސިރު ކައުންސިލްގެ 4 ވަނަ ދައުރުގެ 4 ވަނަ ޖަލްސާގައި

ފުވައްމުލަކުގައި ސޯޝަލް ހައުސިން ސްކީމެއްގެ ދަށުން 500 ހައުސިން ޔުނިޓް އަޅަން ކައުންސިލުން ފާސްކޮށްފިއެވެ.

Advertisement

 ކައުންސިލުން މިކަން ފާސްކޮށްފައިވަނީ މިއަދު ބޭއްވި ކައުންސިލްގެ 4 ވަނަ ދައުރުގެ 4 ވަނަ ޖަލްސާއަށް ކައުންސިލަރ އަބްދުﷲ ނާސިރު ހުށެހެޅުއްވި ކަރުދާހުންނެވެ.

ނާސިރު މި މައްސަލަ ހުށަހަޅަމުން ވިދާޅުވީ ބޯހިޔާވަހި ކަމަކީ ފުވައްމުލަކު ރައްޔިތުން އެންމެ ބޭނުންވާ އެއްކަން ކަން ފާހަނގަ ކުރަމުން އިތުރަށް ވިދާޅުވީ ފުވައްމުލަކުގައި އެންމެ ފަހުން ގެވަޅު ދޫކޮށްފައިވަނީ 2006 ވަނަ އަހަރުގައެވެ. އޭގެ ފަހުން 2016 ވަނަ އަހަރުގައި 300 ހައުސިން ޔުނިޓު އެޅުމުގެ މަސައްކަތް ފެށިގެން ދިޔަ ނަމަވެސް 100 ހައުސިން ޔުނިޓް ވަނީ ހުޅުމާލެއަށް ބަދަލު ކުރެވިފައި ކަންވެސް ފާހަނގަ ކުރެއްވިއެވެ. އެކަމުގެ ސަބަބުން ފުވައްމުލަކު ރައްޔިތުންނަށް ބޮޑެތި ނިކަމެތިކަމެއް ލިބިގެން ދިޔަކަމަށް ނާސިރު ވިދާޅުވިއެވެ. ހަމަ އެއާއިއެކު އެކަން އެންމެ ހަރުކަށި އިބާރާތުން ކުއްވެރިވެސް ކުރެއްވިއެވެ.

ފުވައްމުލަކުގައި ޤާއިމް ކޮށްފައިވާ 200 ހައުސިން ޔުނިޓްތަކަށް ކުރިމަތިލި ފަރާތްތަކުގެ ތެރެއިން ފްލެޓްތަކާއި ހަވާލުވެ ބާކީ ހުރި 40 ފްލެޓްތަކަށް ހުޅުވާލުމާއި އެކު ވަނީ ގިނަ ބަޔަކު ކުރިމަތިލާފައެވެ. އެގޮތުން އެފަހަރު ވަނީ ފްލެޓް ބޭނުންވެގެން 800 ފަރާތަކުން ކުރިމަތި ލާފައި ކަންވެސް ފާހަނގަ ކުރެއްވިއެވެ. މިކަމަށް އަލިއަޅުވާލަމުން ނާސިރު ވިދާޅުވީ މިކަމުންވެސް މިކަމުގެ ސީރިއަސްކަން ހާމަވެގެންދާ ކަމަށެވެ. ރަށުގެ ކުރިއެރުމާއި އާއިލާތަކުގެ ހަމަޖެހުން ގޮސް ގުޅިފައިވަނީ ވަކިވަކި އާއިލާތަކާއި ކަންވެސް ނާސިރުގެ ވާހަކާގައި ތަކުރާރުކޮށް ފާހަނގަ ކުރެއްވިއެވެ.

ނާސިރުގެ ވާހަކާގައި 500 ހައުސިން ޔުނިޓްތަކުގެ ވާހަކަ އަކީ މިފަހަރު ކެމްޕެއިނުގައި މޭޔަރ އަދި ކައުންސިލަރުންވެސް އެންމެ ހަރު އަޑުން ދެއްކި އެއް ވާހަކަ ކަމަށްވެފައި މި 5 އަހަރު ތެރޭގައި މިކަން ވެގެން ދިއުމަކީ ވަރަށް ބޭނުންވާ ކަމެއް ކަމުގައި ފާހަނގަ ކުރެއްވިއެވެ.

މި ހައުސިން ޔުނިޓްތަށް އަޅަން ފެށުމުގެ ކުރިން ފްލެޓް އަޅާނެ ބިންތަށް ކަނޑައަޅަންވެސް ޖެހޭނެ ކަމަށް ނާސިރު ވިދާޅުވިއެވެ. ހައުސިން ޔުނިޓްތަށް އަޅަން ހަމަޖެހިފައިވަނީ ކޮންޓްރެކްޓަރ ފައިނޭންސް އުސޫލުން ކަމަށްވާއިރު މިކަން ކުރަން ޖެހޭނީ ރާއްޖެއާއި ރާއްޖެއިން ބޭރުގެ ފަރާތްތަކަށްވެސް ހުޅުވާލެވިގެން ކަން ފާހަނގަ ކުރެއްވިއެވެ. އޭގެ ސަބަބުން މިކަން ކުރަން ރަނގަޅުފެންވަރެއްގެ ބައެއް ރާއްޖެއާއި ރާއްޖެއިން ބޭރުންވެސް ލިބިދާނެ ކަމަށް އުންމީދު ކުރާކަމަށްވެސް ނާސިރުގެ ވާހަކާގައި ފާހަނގަ ކުރެއްވިއެވެ.

މީގެ އިތުރުން އެހެން ހުރިހާ ކައުންސިލަރުންވެސް ނާސިރުގެ މި ކަރުދާހަށް ތާޢީދު ކުރައްވާ ވާހަކަ ދައްކާފައިވެއެވެ. އަދި މެންދުރު ނަމާދަށް ހުއްޓާލުމަށްފަހު ދެވަނަ ފަހަރަށް ޖަލްސާ ފެށުމަށްފަހު ބާކީ ތިއްބެވި ކައުންސިލަރުންނަށް ފުރުސަތު ދެއްވުމަށްފަހު މޭޔަރ ވަނީ ވޯޓަށް އައްސަވާފައެވެ. އަދި މި ނިންމުން ވަނީ ކައުންސިލުގެ އަޤްލަބިއްޔަތުން ފާސްވެފައެވެ.

Advertisement
ކިޔުންތެރިންގެ ހިޔާލު
ރެކިފުތު
"ފާހަގަވުން" ރަސްމީ ބަހުރުވައިން ކިޔާ ގޮތް. "ފާހަނގަވުން" (ޏ)
ނޯވޭ ބަހުގެ
،ހާއްސަ އެހީ އަށް ބޭނުންވާ މީހުން ތިބޭ މީހުން ދޭ ފުލެޓު.