Advertisement
Advertisement

ފިހާރަތަކަށް ލުޔެއް ދޭން ބުރާސްފަތި ދުވަހު ގޮތެއް ނިންމަން ކައުންސިލުން މަސައްކަތް ކުރަނީ

މުހައްމަދު ޝަހީދު
ކައުންސިލަރ ނާސިރު ކައުންސިލަރ ނާސިރު

ފިހާރަތަކަށް ލުޔެއް ދޭން ބުރާސްފަތި ދުވަހު ގޮތެއް ނިންމަން ކައުންސިލުން މަސައްކަތް ކުރަމުންދާ ކަމަށް ކައުންސިލުގެ ފަރާތުން ވާހަކަ ދެއްކެވި ކައުންސިލަރ ނާސިރު ވިދާޅުވެއްޖެއެވެ.

Advertisement

ނާސިރު މިހެން ވިދާޅުވީ މިރޭ ކައުންސިލުން ބޭއްވި ބައްދަލުވުމުގައެވެ. ނަމަވެސް އަދި މިހާތަނަށް ދޭނީ ކޮންކަހަލަ ލުއިތަކެއް ކަމެއް އަދި ނިންމާފައި ނުވާކަމަށްވެސް ނާސިރު ވިދާޅުވިއެވެ.

ފުވައްމުލަކުގެ ވިޔަފާރިވެރިންގެ ތެރެއިން ބައެއް ވިޔަފާރިވެރިން ވަނީ ގިނަވަގުތު ފިހާރަތަށް ބަންދުކޮފައި ބަހައްޓަން ނިންމާ ފިހާރަ ބޭރުގައި ލިއުންވެސް ހަރުކޮށްފައެވެ. ނަމަވެސް ބައެއް ފިހާރަތަކުގެ ތެރޭގައި ރައްޔިތުން ގައިދުރުކަމެއް ނެތި އުޅޭ ކަމުގެ ރިޕޯޓްވެސް ބައެއް ފަރާތްތަކުން ކުރަމުންދާ ކަން ފާހަނގަ ކޮށްލެވެއެވެ. 

Advertisement
ކިޔުންތެރިންގެ ހިޔާލު