ސިސްޓަރ އައިލެންޑް ޕްރޮޖެކްޓް ކުރިއަށް ގެންދަން ކައުންސިލްގެ ވިސްނުން ހުންނާނީ - ކައުންސިލް
ސިސްޓަރ އައިލެންޑް ޕްރޮޖެކްޓް އަކީ ފައިދާ ހުރި ކަމެއްތޯ ބަލާ ކައުންސިލުން އެކަން ކުރިއަށް ގެންދަން ފެންނަ ނަމަ އެ ޕްރޮޖެކްޓް ކުރިއަށް ގެންދާނެ ކަމަށް ކައުންސިލަރ އަބްދުﷲ ނާސިރު ވިދާޅުވިއެވެ.
އާ ކައުންސިލް ހަވާލުވި ފަހުން މިބާވަތުގެ ކަންކަން ބަލާ ދިރާސާ ކުރެވިފައި ނުވާ ކަމަށާއި ސަބަބަކީ މިހާތަނަށް އެންމެ އިސްކަމެއްދީގެން ކުރަމުން މި އަންނަނީ ކޮވިޑްގެ މަސައްކަތް ކަމުން މިބާވަތުގެ ކަންކަން އަދި ވަނީ މަޑުޖައްސާލެވިފައި ކަމަށެވެ. މިހާތަނަށް ފެނިފައި ހުރި ތަނުގައި މިކަމަކީ ފައިދާ ހުރި ކަމެއް ކަމަށް ފެންނަ ކަމަށް ނާސިރު ވިދާޅުވިއެވެ. ނަމަވެސް އިތުރަށް މިކަން ބަލާފައި މިކަމަކީ ފައިދާ ހުރިކަމެއް ކަމަށް ފެންނަ ނަމަ ކައުންސިލްގެ ވިސްނުން ހުންނާނީ ކުރިއަށް ގެންްދަން ކަމަށް ކައުންސިލަރ ނާސިރު ވިދާޅުވިއެވެ.
ނިމިގެންދިޔަ ކައުންސިލުން ވަނީ ހުވަދޫ އަތޮޅާއި ޚާއްސަ ގުލުމެއް ބާއްވާފައެވެ. އަދި އެ ގުޅުމަށް ދެވުނު ނަމަކަށް ކިޔާފައިވަނީ "ސިސްޓަރ އައިލެންޑް" އެވެ. ނަމަވެސް މިހާރުގެ ކައުންސިލް ހުވާ ކުރުމާ ހިސާބުން ފެށިގެން މިހާތަނަށް އެބާވަތުގެ އެއްވެސް ކަމެއް ހިންގުމުގެ ފުރުސަތު ލިބިގެން ގޮސްފައި ނުވެއެވެ. ސަބަބަކީ ފުވައްމުލަކުން ކޮވިޑަށް ނެގި ރެންޑަމް ސާމްޕަލްތަކަކުން ބަޔަކު ޕޮޒިޓިވް ވުމާއިގުޅިގެން މުޅި ރަށް ވަނީ މޮނިޓަރިންގ ގެ ހާލަތަށް ގެނެވިފައެވެ. އޭގެ ފަހުން ނަމްބަރުތަށް ދަށަށް ނުދާތީ ފަހުން ވަނީ ކައުންސިލުން ހަވީރު 4ން ފަތިހު 4 ކާފިއު ހިންގަން ފަށާފައެވެ.