Advertisement
Advertisement

މިއަދު ފުވައްމުލަކުން ފައްސިވީ އެންމެ މީހެއް

މިއަދު ފުވައްމުލަކުން ފައްސި (ޕޮޒިޓިވް)ވީ އެންމެ ދިވެއްސެއްކަމަށް ތަފާސްހިސާބުން ދައްކައިފިއެވެ. 

 ފުވައްމުލަކު ސިޓީ ކައުންސިލުން ކޮވިޑް މައުލޫމާތު ޝާޢިއު ކުރަމުންދާ ވެބްސައިޓުގައިވާގޮތުން މިއަދު ޕޮޒިޓިވް ވެފައިވަނީ އެންމެ ދިވެއްސެކެވެ.

މިމަހު 20 ވަނަ ދުވަހުން ފެށިގެން ފުވައްމުލަކުގައި ކޭސްތަށް ދިޔައީ މަދުވަމުންނެވެ. ނަމަވެސް އިއްޔެގެ ހިސާބުތަށް ދައްކާގޮތުން 5 މީހުން ވަނީ ޕޮޒިޓިވް ވެފައެވެ. މި ހިސާބަކީ އިއްޔެ ހަވީރު 5 ފެށިގެން މިއަދު ހަވީރު 5 އާއި ހަމަޔަށް ލިބިފައި ހުރި ނަތީޖާ ތަކެވެ.

ފުވައްމުލަކު ސިޓީ ކައުންސިލުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސިޓީ ކައުންސިލުގެ ކައުންސިލަރ އަބްދުﷲ ނާސިރު ވިދާޅުވީ މޮނިޓަރިންގ އިން ނެގުމަށް މަޝްވަރާ ކުރަމުންދާ ކަމަށާއި ނަމަވެސް ރެންޑަމް ސާމްޕަލްއިން ޕޮޒިޓިވްވާ މީހުން ގިނަވާނަމަ އެކަން ކުރުމަކީ ފަސޭހަ ކަމަކަށް ވެގެން ނުދާނެ ކަމަށެވެ. ވީމާ ވީހާވެސް ބޮޑަށް ގޭގައި މަޑުކުރެއްވުމަކީ އެންމެ ބުއްދިވެރި ގޮތް ކަމަށެވެ.

Advertisement
ކިޔުންތެރިންގެ ހިޔާލު