Advertisement
Advertisement

ފުވައްމުލައް ސިޓީ މޮނިޓަރިންގ އިން ނެގި ފަހުން މާ ގިނަ ދުވަސް ނުވަނީސް ވަރަށް ގިނަ ބަޔަކު ޕޮޒިޓިވް ވެއްޖެ

ފުވައްމުލައް ސިޓީ މޮނިޓަރިންގ އިން ނެގި ފަހުން މާ ގިނަ ދުވަސް ނުވަނީސް ގިނަ ބަޔަކު ޕޮޒިޓިވް ވެއްޖެ ކަމުގެ ޚަބަރު ލިބިއްޖެއެވެ.

Advertisement

ނަމަވެސް ޕޮޒިޓިވްވީ ކިތައް މީހުން ކަން އަދި ޔަޤީނެއް ނުވެއެވެ. 

މިކަމާއި ގުޅިގެން ހޮސްޕިޓަލުގެ މެނޭޖަރއަށް ތަކުރާރުކޮށް ގުޅުމުންވެސް ފޯނަށް ޖަވާބެއް ނުދެއްވައެވެ. ނަމަވެސް ކައުންސިލަރ އަބްދުﷲ ނާސިރު ވިދާޅުވީ މިހާތަނަށް 95 މީހުން ޕޮޒިޓިވް ވެފައިވާ ކަމަށެވެ. އެހެންކަމުން ކޮވިޑް ޓާސްކްފޯސް އިން ބައްދަލުވުން ކުރިއަށް ގެންދާ ކަމަށެވެ. އަދި މި ބައްދަލުވުމުގައި އަޅަންޖެހޭ ފިޔަވަޅު ތަކާއި ބެހޭގޮތުން މަޝްވަރާ ކުރަމުންދާ ކަމަށެވެ.

މިކަމުގައި ހަގީގަތެއް ވެއްޖެނަމަ އަނެއްކާވެސް ފުވައްމުލަށް މޮނިޓަރިންގ އަށް ލުމުގެ ފުރުސަތު ބޮޑުކަން ފާހަނގަ ކޮށްލަން ޖެހެއެވެ.

ތަފްސީލު އަންނަނީ...

Advertisement
ކިޔުންތެރިންގެ ހިޔާލު