Advertisement
Advertisement

ކޮވިޑް19 ފުވައްމުލައް ސިޓީ: އާދީއްތަ ދުވަހު ވެސް 22 މީހުން ޕޮޒިޓިވް!

ފުވައްމުލައް ސިޓީ އިން އާދީއްތަ ދުވަހު ވެސް 22 މީހުން ކޮވިޑް19 އަށް ޕޮޒިޓިވްވެއްޖެއެވެ.

Advertisement

ފުވައްމުލައް ސިޓީގެ ކޮވިޑު ހާލަތާއި ގުޅޭ އެންމެ ފަހުގެ މައުލޫމާތުތަކަށް ބަލާއިރު ފާއިތުވި 24 ގަޑިއިރުތެރޭގައި ފުވައްމުލައް ސިޓީ އިން ނަގާފައިވާ ސާމްޕަލްތަކުގެ ތެރެއިން 22 މީހަކު ވަނީ ކޮވިޑަށް ޕޮޒިޓިވް ވެފައެވެ. މިވަގުތާއި ހަމައަށް ކޮވިޑް ބަލި ޖެހިފައިވާ މީހުންގެ ގޮތުގައި 232 ފަރާތެއް އެބަތިއްބެވެ.

ފުވައްމުލައް ކޮވިޑް19 ތަފާސް ހިސާބު – 30 މެއި 2021

މިއަދު ޕޮޒިޓިވްވި މީހުންގެ އަދަދު: 22

މިހާތަނަށް ޕޮޒިޓިވްވި މީހުންގެ އަދަދު: 485

ރަނގަޅުވި މީހުންގެ އަދަދު: 254

މިވަގުތު އެކްޓިވް ކޭސް އަދަދު: 232

ފުވައްމުލައް ސިޓީގެ ހުރިހާ އަވަށަކުން ވެސް ވަނީ ޕޮޒިޓިވް ކޭސްތައް ވަނީ ފެނިފައެވެ. އޭގެ ތެރެއިން އަދިވެސް ކޭސްތައް އެންމެ ގިނައީ ދިގުވާނޑު އަވަށުގައެވެ. ޕޮޒިޓިވްވެފައިވާ ފަރާތްތަކުގެ ތެރޭގައި ގިނަ އަދަދަކަށް ޑައިރެކްޓް ކޮންޓެކްޓުން ހިމެނިފައިވާތީ އެކަކު ފުށުން ގިނަ ބަޔަކަށް ބަލިޖެހެމުންދާ ކަން ވަނީ ފާހަގަކުރެވިފައެވެ. އަދި ކޮވިޑުގެ އަލާމާތްތައް ފެނިގެން ފްލޫ ކްލިނިކަށް ދައްކާ ފަރާތްތައް ވެސް ޕޮޒިޓިވް ވަމުންދާ ނިސްބަތް ގިނައެވެ.

މިހާރު ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ ކިބައިން ބަލީގެ އަލާމާތްތައް ފެންނަލެއް ގިނަ ކަމަށްވެއެވެ. އެހެންކަމުން މިހާރަށް ވުރެ ބޮޑަށް އަމިއްލަ ރައްކާތެރިކަމަށް ބަލައިގެން އުޅުމަށް ރައްޔިތުންނަށް ކަމާއި ބެހޭ ފަރާތްތަކުން އިލްތިމާސްކުރެއެވެ. އަދި ޒަރޫރީ ބޭނުމަކު ފިޔަވައި ގެއިން ބާރަށް ނުނިކުތުމަށާއި ބޭރަށް ދާއިރު ރަނގަޅަށް މާސްކު އަޅައި އަމިއްލަ ސަލާމަތަށް ފިޔަވަޅުތައް އެޅުމަށް ވަނީ އިލްތިމާސްކޮށްފައެވެ.

ކޮވިޑު ފެތުރުނަ ނުދިނުމަށް ފުވައްމުލަކުގައި އަޅާފައިވާ ފިޔަވަޅުތައް:

· ކާފިއު ހިންގުން - ހަވީރު 4 އިން ފަތިހު 4 އަށް

· ޕާޓީތަކާއި ހަފުލާތައް ބޭއްވުން މަނާކުރުން

· އެއް އަވަށުން އަނެއް އަވަށަށް ދަތުރުކުރުން ހުއްޓައިލުމާއި އެއް ގެއިން އަނެއް ގެއަށް ޒިޔާރަތް ކުރުން ހުއްޓައިލުން

· ޖަމާއަތުގައި ނަމާދުކުރުން ހުއްޓާލުން

· ސެލޫންތަކާއި ޖިމްތާކާއި، ބޯކޮށާ ތަންތަން ބަންދުކުރުން

· ކުޅިވަރު ހަރަކާތްތަކާއި ކަސްރަތުގެ ހަރަކާތްތައް ހިންގުން ހުއްޓައިލުން

· ޓެކްސީގެ ހިދުމަތް ދޭ ފަރާތްތަކުން، އެޗްޕީއޭ އިން އާންމުކޮށްފައިވާ ގައިޑްލައިނާ އެއްގޮތަށް ހިދުމަތް ދިނުން

· ފިރާތަކުން ހިދުމަތް ދޭއިރު، އެޗްޕީއޭ އިން އާންމުކޮށްފައިވާ ގައިޑްލައިނާ އެއްގޮތަށް ފިހާރަތަކުގެ ހިދުމަތް ދިނުން

· ޔުނިވަސިޓީތަކާއި ކޮލެޖުތަކަށް ދަރިވަރުން ހާޒިރު ވެގެން ކުލާސްތައް ކުރިއަށް ގެންދިޔުން ހުއްޓައިލުން

· ހޮޓާތަކާއި ކެފޭތަކާއި ރެސްޓޯރަންޓުތަކާއި ކާބޯތަކެތީގެ ހިދުމަތް ދޭ އެހެނިހެން ތަންތަނުން ދެމުންގެންދާ ހިދުމަތްތައް ހުއްޓައިލުން

Advertisement
ކިޔުންތެރިންގެ ހިޔާލު