Advertisement

ފުވައްމުލައް ސިޓީ މޮނިޓަރިންގއަށް ލާފައިވަނީ ސިޓީ ކައުންސިލާއި މަޝްވަރާ ކުރުމެއް ނެތި - މޭޔަރ

ފުވައްމުލައް ސިޓީ މޮނިޓަރިންގއަށް ލާފައިވަނީ ސިޓީ ކައުންސިލާއި މަޝްވަރާ ނޮކޮށްކަމަށް ސިޓީ ކައުންސިލްގެ މޭޔަރ އިސްމާޢިލް ރަފީޤް ވިދާޅުވެއްޖެއެވެ.

Advertisement

މޭޔަރ މިހެން ވިދާޅުވީ "ރަށިކަބަރޮ" އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ. މޭޔަރ ވިދާޅުވީ ކުއްލި ގޮތަކަށް ރޭގެ ވަގުތެއްގައި މޮނިޓަރިންގގެ ހާލަތަށް ގެންނަން ނިންމުމާއި ގުޅިގެން ވަރަށް ބޮޑެތި ދަތިތަކެއް ރައްޔިތުންނަށް ކުރިމަތިވެގެންދާކަމަށެވެ. މީގެ ސަބަބުން ސްކޫލްގެ ކިޔެވުމަށްވެސް ބޮޑެތި ގޮންޖެހުންތަކަކާއި ކުރިމަތި ލާންޖެހޭނެއެވެ. މިހާރުވެސް ސްކޫލްތަކަށް ކުދިން ގެންދިއުމުގައި ސަލާމަތީ ފިޔަވަޅުތަކަށް ވަރަށްބޮޑަށް ރައްކާތެރިވެގެން ކަމަށްވެސް އިއްސެ ވިދާޅުވިއެވެ. ހަމަ އެއާއި އެކު ވިޔަފާރިތަކަށާއި ރެސްޓޯރެންޓްތަކަށްވެސް ބޮޑެތި ގެއްލުންތަކަކާއި ކުރިމަތި ލާންޖެހޭނެއެވެ.

މީގެ އިތުރުން އިއްސެ ވިދާޅުވީ މިހާރު ސިޓީ ކައުންސިލުން މަސައްކަތް ކުރަމުންދަނީ އެޗްޕީއޭއާއި ވާހަކަ ދައްކައިގެން ލުއިތަކެއް ލިބޭތޯއެވެ.

މީގެ ކުރިންވެސް ފުވައްމުލައް 2 ފަހަރެއްގެމަތިން މޮނިޓަރިންގ އަށް ލެވިފައިވެއެވެ. އަދި 2 ވަނަފަހަރަށް ލާފައިއޮތް މޮނިޓަރިން އުވާލިފަހުން މާގިނަދުވަހެއް ނުވެއެވެ. ނަމަވެސް މޮނިޓަރިންގ އުވާލި ހިސާބުން ކުއްލިޔަކަށް ކޭސްތަށް އިތުރުވާންފެށިއެވެ. އެއާއިއެކު އެޗްޕީއޭއިން މިވަނީ އަނެއްކާވެސް ފުވައްމުލައް ސިޓީ މޮނިޓަރިންގ ހާލަތަށް ގެނެސްފައެވެ. މިކަމާއި ގުޅިގެން ގިނަ ރައްޔިތުންތަކެއް ދަނީ ސޯޝަލް މީޑިއާގައި ސަރުކާރަށާއި އެޗްޕީއޭއަށް ފާޑުކިއުން އަމާޒުކުރަމުންނެވެ. އެޗްޕީއޭއިން ފުވައްމުލަކާއި ދޭތެރޭގައި ވަކި ގޮތަކަށް ޢަމަލު ކުރަމުންދާކަމަށް ބައެއް ރައްޔިތުން ތުހުމަތުވެސް ކުރެއެވެ.

މިކަމަށް އޮތް އެންމެ ރަނގަޅު ހައްލަކީ ނިއުނޯމަލް އަކަށް ގޮސްގެން އެންމެވެސް މިބަލިއާއި އެކު އުޅެން ދަސްކުރުން ކަމުގައި ގިނަބަޔަކު ދެކެއެވެ.

Advertisement
ކިޔުންތެރިންގެ ހިޔާލު