Advertisement
Advertisement

ފުވައްމުލަކު ގިރާ ސަރަހައްދު ހިމާޔަތްކުރުމުގެ މަޝްރޫއު ފަށަނީ!

ފުވައްމުލަކު ގިރާ ސަރަހައްދު ފުވައްމުލަކު ގިރާ ސަރަހައްދު

ފުވައްމުލައް ސިޓީ ގޮނޑުދޮށުގެ ގިރާ ސަރަހައްދު ހިމާޔަތް ކުރުމުގެ މަޝްރޫއުގެ އެއްބަސްވުމުގައި ސޮއިކޮށް އަމަލީ މަސައްކަތް ފަށަން ތައްޔާރުވެއްޖެއެވެ. 

Advertisement

މިކަން ކަށަވަރު ކޮށްދެއްވައި ފުވައްމުލައް ސިޓީ ކައުންސިލުން ވަނީ އަންނަ އާދީއްތަ ދުވަހު (12 ޑިސެމްބަރ 2021) ވަނަ ދުވަހު ހަވީރު 4 ޖަހާއިރު މަސައްކަތް ބަޔަކާއި ހަވާލުކުރުމުގެ ރަސްމިއްޔާތު އޮންނާނެ ކަމަށް ބުނެފަ އެވެ.

އެނގިފައިވާ ގޮތުގައި މި މަޝްރޫއު އިފްތިތާހު ކޮށްދެއްވާނީ ފުވައްމުލަކަށް ނިސްބަތްވެވަޑައިގަންނަވާ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމެވެ. މި ރަސްމިއްޔާތުގައި އެމަނިކުފާނު ވާހަކަ ދައްކަވާ ގޮތަށް ވެސް ވަނީ ހަމަޖެހިފައެވެ. މި ރަސްމިއްޔާތު ފުވައްމުލައް ސިޓީ ކައުންސިލް ފޭސްބުކް ޕޭޖުން ލައިވް ކުރާ ގޮތަށް ވަނީ ހަމަޖެހިފައެވެ. 

ފުވައްމުލަކު އިރު އުތުރު ފަރާތް ގިރުމުގެ މައްސަލަ އިންތިހާ އަށް ބޮޑުވެފައި ވިޔަސް ފާއިތުވެދިޔަ އެއްވެސް ސަރުކާރަކަށް އެކަމަށް ހައްލެއް ގެނެވިފައެއް ނުވެއެވެ. އެހެންކަމުން މަސައްކަތް ބަޔަކާއި ހަވާލުކުރެވި އަމަލީ މަސައްކަތް ފެށޭ ހިސާބަށް ދިއުމަކީ ފުވައްމުަލަކު ރައްޔިތުންނަށް ލިބިގެންދާނެ ބޮޑު އުފަލަކަށް ވެގެންދާނެއެވެ. 

Advertisement
ކިޔުންތެރިންގެ ހިޔާލު