Advertisement
Advertisement

ފުވައްމުލަކު ގިރާ ސަރަހައްދު ހިމާޔަތްކުރުމުގެ ބިޔަ ބޮޑު މަޝްރޫއު އިފްތިތާހުކޮށްފި

މިނިސްޓަރ އަސްލަމް އަދި ނެދަރލޭންޑްސް ސަފީރު މަޝްރޫއު އިފްތިތާހު ކޮށްދެއްވަނީ މިނިސްޓަރ އަސްލަމް އަދި ނެދަރލޭންޑްސް ސަފީރު މަޝްރޫއު އިފްތިތާހު ކޮށްދެއްވަނީ

ފުވައްމުލައް ސިޓީގެ ގިރާ ސަރަހައްދުގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ ބިޔަ މަޝްރޫއު 300 މިލިއަން ރުފިޔާއަށް ޑެންމާކްގެ އެމްޓީ ހޯގާޑާ ހަވާލުކޮށް އެ މަޝްރޫއު އިފްތިތާހުކޮށްފިއެވެ.

Advertisement

މި މަޝްރޫއުގެ އެއްބަސްވުމުގައި ޕްލޭނިންގ ނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޕަރމަނަންޓް ސެކްރެޓަރީ ޒީނިޔާ އަހުމަދު ޙަމީދެވެ. ފުވައްމުލަކު ބަނދަރު ވެސް ހެދި ޑެންމާކުގެ އެމް.ޓީ.ހޯގާޑްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ޕެއަރ ވިންތަރ ލާސަން އެވެ.

މަޝްރޫއުގެ ތަފްސީލު:

- މި މަޝްރޫއުގެ ދަށުން ފުވައްމުލަކުގެ އިރުމަތީ ފަރާތުގެ ގިރަމުންދާ ސަރަހައްދުން 2،650 މީޓަރުގެ ބޮޑު ސަރަހައްދެއް ހިމާޔަތްކުރަން އެއްގަމު ތޮށިލާނެ

- މި މަޝްރޫއު ނިންމަން ހަމަޖެހިފައިވާ މުއްދަތަކީ އެއްބަސްވުމުގައި ސޮއިކުރާތާ 606 ދުވަހުގެ ތެރޭ

- މި މަޝްރޫއަށް ހަރަދު ކުރަނީ ދިވެހި ސަރުކާރާއި ނެދަލެންޑްސްގެ އެއިޑް އެޖެންސީ (އޯރިއޯ) މިހާރުގެ ނަމުން ނަމަ އިންވެސްޓް އިންޓަރނޭޝަނަލް - ނެދަރލޭންޑްސް އާއި ކުވައިތު ފަންޑުން

ފުވައްމުލަކު ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢުގެ އެއްބަސްވުމުގައި ސޮއިކުރުމަށާއި މަޝްރޫއު އިފްތިތާހު ކުރުމަށް ބޭއްވި ހާއްސަ ރަސްމިއްޔާތަށް ފުވައްމުލަކަށް ނިސްބަތްވެވަޑައިގަންނަވާ ނައިބު ރައީސް ފައިސަލް ނަސީމް އަދި ނެދަރލޭންޑްސް އިން ރާއްޖެއަށް ކަނޑައަޅުއްވާފައިވާ ސަފީރު ޓާންޔާ ގޮންގްރިޖް އަދި ޕްލޭނިންގ މިނިސްޓަރ މުހައްމަދު އަސްލަމް އާއި، ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރާއި، އިސްލާމިކް މިނިސްޓަރ އަޙުމަދު ޒާހިރު ފުވައްމުލަކަށް ވަޑައިގަތެވެ. 

Advertisement
ކިޔުންތެރިންގެ ހިޔާލު