Advertisement
Advertisement

މިއީ އެމްޑީޕީ ސަރުކާރަކުން ފުވައްމުލަކުގެ ގިރާ ސަރަހައްދު ހިމާޔަތްކުރަން މަސައްކަތް ފަށާ ދެވަނަ ފަހަރު

ފުވައްމުލަކު ގިރާ ސަރަހައްދު 2011 ވަނަ އަހަރު ފުވައްމުލަކު ގިރާ ސަރަހައްދު 2011 ވަނަ އަހަރު

ފުވައްމުލަކު ގިރާ ސަރަހައްދު ހިމާޔަތް ކުރުމުގެ މަސައްކަތުގެ އެއްބަސްވުމުގައި މިއަދު ސޮއި ކުރާ އިރު މިއީ އެމްޑީޕީ ސަރުކާރުން މި މަސައްކަތް ފަށާނެ ދެވަނަ ފަހަރެވެ. 

Advertisement

ވެރިކަން ކުރާ ކޯލިޝަން ސަރުކާރުގެ މައި ޕާޓީގެ ސަރުކާރަކުން އެންމެ ފުރަތަމަ މި މަޝްރޫއުގެ މަސައްކަތް ފަށަން އުޅުނީ 2011 ވަނަ އަހަރު އެވެ. އޭރު ވެސް ހައުސިންގ މިނިސްޓަރަކަށް ހުންނެވި މިހާރުގެ ވެސް ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް 2011 ވަނަ އަހަރު މެއި މަހު އައްޑޫގައި ބޭއްވި ކޮމިނިއުޓީ ކެބިނެޓް ބައްދަލުވުމުގައި ވަނީ އެ އަހަރު ތެރޭގައި ގިރާ ސަރަހައްދު ހިމާޔަތް ކުރުމުގެ މަޝްރޫއު ފަށާނެ ކަމަށް އިއުލާންކޮށްފައެވެ. 

އޭރު ރޭވީ ގިރާ ސަރަހައްދުގައި 500 މީޓަރުގެ ރިވެމަންޓް ތޮށިގަނޑެއްލުމަށެވެ.

"މިހާރު ހަމަޖެހިފައި ވަނީ ގިރާ ސަރަހައްދުގައި 500 މީޓަރުގެ ރިވެޓްމަންޓެއް ލުމުގެ އިތުރަށް، އެ ސަރަހައްދުގައި އޮތް ނެރުގައި ޓެޓްރާޕޮޑް ޖަހައިގެން އެތަން ބަންދު ކުރުމަށް. އޭރުން ގިރުމުގެ މައްސަލަ އަށް ހައްލެއް އަންނާނެ ކަމަށް ވަރަށް ބޮޑަށް ބެލެވޭ" – މިނިސްޓަރ އަސްލަމް، 2011

ނަމަވެސް އޭރު މަސައްކަތް ފަށަން އެ ސަރުކާރުން ކުރި މަސައްކަތް 2012ވަނަ އަހަރު އެމްޑީޕީގެ ވެރިކަން ބަދަލުވެ ހުއްޓުނީއެވެ. އެހެންކަމުން މިއަދު މަސައްކަތް ބަޔަކާއި ހަވާލުކުރެވި އެއްބަސްވުމުގައި ސޮއިކުރެވި އަމަލީ މަސައްކަތް ފެށިގެން ދިއުމަކީ، އޭރުގެ ވެރިކަމުގައި އޮތް ޕާޓީ އާއި މިނިސްޓަރ ހައިސިއްޔަތުން ކާމިޔާބު ނުކުރެވި އޮތް މަސައްކަތެއް މިއަދު ކުލަ ޖެހި މިނިސްޓަރ އަސްލަމް އާއި އެމްޑީޕީ ސަރުކާރަށް ލިބިގެންދާނެ ކާމިޔާބަކަށެވެ. 

Advertisement
ކިޔުންތެރިންގެ ހިޔާލު