Advertisement
Advertisement

އެމްޑީޕީ ފުވައްމުލައް މެދު ދާއިރާ ކެންޑިޑޭޓުންގެ ސުވާލާއި ޖަވާބު ސެޝަން މިރޭ!

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި ފުވައްމުލައް ސިޓީ މެދު ދާއިރާގެ ގޮނޑިތަކަށް ވާދަ ކުރާ އެމްޑީޕީގެ ކެންޑިޑޭޓުން ބައިވެރިވާ ތިން ވަނަ ސުވާލާއި ޖަވާބު ސެޝަން މިރޭ އޮންނާނެ ކަމަށް ރަށްވެހި ފަތިސް ފުވައްމުލައް ކެމްޕެއިން ކޯޑިނޭޓަރ ޚާލިސް ޝަރީފު ވިދާޅުވެއްޖެއެވެ.



Advertisement

ކޮވިޑް ގެ މިހާލަތުގައި ރަށްވެހި ފަތިސް ކެމްޕެއިން ހަރަކާތްތައް އޮންލައިންކޮށް ކުރިއަށް ގެންދާއިރު މި އިވެންޓު ބެލުމުގެ ފުރުސަތުވެސް ލިބޭނީ އޮންލައިންކޮށެވެ. އެމްޑީޕީ ފުވައްމުލައް ޕޭސްބުކް ޕޭޖުންނާއި އެމްޑީޕީ ފުވައްމުލައް ޓްވިޓަރުން ލައިވްކުރުމަށް ހަމަޖެހިފައިވާ މި އިވެންޓްް އޮންނާނީ މިރޭ 22:00 ގައެވެ.



އިވެންޓާއި ގުޅޭ ގޮތުން 'ރަށި ކަބަރޮ' އޮންލައިނަށް މައުލޫމާތު ދެއްވަމުން ރަށްވެހި ފަތިސް ފުވައްމުލައް ކެމްޕެއިން ކޯޑިނޭޓަރ ޚާލިސް ޝަރީފު ވިދާޅުވީ މިފަދަ އިވެންޓެއްގެ ބޭނުމަކީީ އެމްޑީޕީގެ ފަރާތުން ފުވައްމުލައް ސިޓީ މެދު ދާއިރާ ކައުންސިލަށް ވާދަ ކުރާ ކޮންމެ ކެންޑިޑޭޓަކާއިވެސް ސުވާލު ކުރުމުގެ ފުރުސަތު ރައްޔިތުންނަށް ދިނުން ކަމަށެވެ.



"އަޅުގަނޑުމެން މިފަދަ އިވެންޓުތައް ބޭއްވުމުގެ މަގްސަދަކީީ ރައްޔިތުންގެ އަޑު އަހައި ރައްޔިތުންގެ ނަޒަރުގައި ސިޓީ ކައުންސިލްގެ މަސައްކަތް ބައްޓަންވެގެން ކުރަންޖެހޭ ގޮތް ރަނގަޅަށް ދެނެގަނެ ދެން އަންނަ ކައުންސިލަކުން ރައްޔިތުން އެދޭ ކަންކަން ކޮށްދިނުން" – ޚާލިސް ޝަރީފު



މި އިވެންޓުގައި މެދު ދާއިރާ އަށް ވާދަކުރާ އެމްޑީޕީގެ ކެންޑިޑޭޓުންނާއި އަދި މޭޔަރާއި ތަފާތު ދާއިރާތަކުން އާންމުންނަށް ސުވާލު ކުރެވޭ އިރު އެ ސުވާލުތައް ހޭޝްޓެގް ކޮށްފައި ފޭސްބުކް ނުވަތަ ޓްވީޓް ކުރަންޖެހެއެވެ.

askyourcandidate# 



ފުވައްމުލަކަށް ނިސްބަތްވާ މަޝްހޫރު ޓީވީ ޕްރެޒެންޓަރު ނައުހާ އިބްރާހިމް (ނައު) ހުށަހަޅައިދޭ ޕްރޮގްރާމް ބްރޯޑްކާސްޓް ކުރަނީ ފުވައްމުލަކަށް ނިސްބަތްވާ އޮންލައިން ބްރޯޑްކާސްޓިންގ ޗެނަލެއް ކަމަށްވާ އަފުން ނިއުސް އިންނެވެ.

Advertisement
ކިޔުންތެރިންގެ ހިޔާލު