Advertisement
Advertisement

އެމްޓީސީސީ އަކީ ނަމޫނާ ކުންފުންޏެއް!

ފުވައްމުލަކުގައި އެމްޓީސީސީގެ ސައިޓެއް ހެދި ގިނަ ފުވައްމުލަކު ރައްޔިތުންނަށް މިހާރުގެ ސަރުކާރުން ވަނީ ގިނަ ގުނަ ވަޒީފާގެ ފުރުސަތު ފަހިކޮށްދީފައެވެ.

Advertisement

މީގެ ތެރޭގައި ގިނައީ ފުވައްމުލަކަށް ނިސްބަތްވާ ޒުވާނުންނެވެ. 

މިހާރު ފުވައްމުލަކުގައި އެމްޓީސީސީ އިން ކުރަމުން އަންނަ މަސައްކަތަކީ ފުވައްމުލަކުގެ 31 މަގެއްގެއް ތަރައްޤީ ކުރުމެވެ. މި ޕްރޮޖެކްޓްގެ ދަށުން މަގު ޒަމާނީ ފެންވަރަށް ހެދުމުގެ ތެރެއިން ތާރު އެޅުމާއި ފެން ހިންދާ ނިޒާމު ގާއިމްކުރުން ހިމެނެއެވެ. 

ފުވައްމުލަކުގައި އެމްޓީސީސީއިން ހަދާފައިވާ މަގެއް

މިހުރިހާ ކަމެއް އެއްފަރާތުގައި ބާއްވާފައި މިހާރު އެމްޓީސީސީއިން އެންމެ އިސްކަމެއް ދީގެން ކުރަމުން އަންނަ ކަމަކީ ފުވައްމުލަކުގައި ދިމާވެފައިވާ ފެންބޮޑުވުމުގެ މައްސަލައަށް ވަގުތީ ހައްލެއް ހޯދުމުގެ މަސައްކަތެވެ. މިކަމުގައި ފުވައްމުލަކު ސިޓީ ކައުންސިލަށް ވަރަށް ބޮޑެތި އެހީތެރިކަމެއް އެމްޓީސީސީއިން ދަނީ ފޯރުކޮށްދެމުންނެވެ. އެމްޓީސީސީގެ ވެހިކަލް އަދި މުއައްޒަފުން ދަނީ ފެން ބޮޑުވެފައި ހުރި ސަރަހައްދުތަކުގައި ހޮޅިއެޅުމަށް ކުރަންޖެހޭ ކަންކަން ކުރުމަށއ އެހީތެރިވަމުންނެވެ.

ފުވައްމުލަކު ސިޓީ ކައުންސިލްގެ މޭޔަރު ކަމަށް އިންތިޚާބު ވަޑައިގެންނެވި އިސްމާޢިލް ރަފީޤް ވަނީ އިއްޔެއާއި މިއަދުވެސް އެމްޓީސީސީއާއި ގުޅިގެން ކުރަމުންދާ މަސައްކަތްތަށް ފޭސްބުކް މެދުވެރިކޮށް ހިއްސާކޮށްފައެވެ. އެގޮތުން މީގެ ދެދުވަސް ކުރިން ޝެއާރ ކޮށްފައިވާ ޕޯސްޓެއްގައިވަނީ، "ފުނާޑު އަދި ދޫނޑިގަމުގައި މިހާބޮޑަށް ފެންބޮޑުވުމުގެ އެއް ސަބަބަކީ ފުނާޑު އާރު ބެދިފައި އޮތުން ކަމަށާއި މިކަމަށް ހައްލެއް ލިބޭތޯ ކައުންސިލް، އެމްޓީސީސީ އަދި އެއާރޕޯރޓުގެ ވެރިން ގުޅިގެން އަންނަނީ މަސައްކަތް ކުރަމުން" މިހެންނެވެ. 

މީގެ އިތުރުން އިއްޔެވެސް އިއްސެ ވަނީ ޕޯސްޓެއް ކޮށްފައެވެ. އެ ޕޯސްޓުގައި އެމްޓީސީސީއަށް ޝުކުރު ދަންނަވަމުން ވިދާޅުވެފައިވަނީ، ފުވައްމުލަކު ފެންބޮޑުވުމުގެ މައްސަލައަށް ހައްލެއް ހޯދުމަށް އެމްޓީސީސީގެ ރިސޯސެސް ދެއްވާފައިވާތީ އެކުންފުނީގެ އެމްޑީ އަށާއި ކުންފުންޏަށް ޝުކުރު ދަންނަވާ ކަމަށެވެ.

ފުވައްމުލައް ސިޓީގެ އެމްޓީސީސީގެ ސައިޓް ހިންގެވުމާއި ހަވާލުވެގެން ހުންނެވި އިހްސާން ވިދާޅުވީ މިހާރުވެސް 400 މީޓަރު ދިގު ކޯރެއް ކޮންނަމުން ދާކަމަށެވެ. އެއީ އެއާރޕޯރޓް ސަރަހައްދުންނެވެ. މީގެ އިތުރުންވެސް ކައުންސިލަށް ބޭނުންވާ ބައެއް ތަކެތީގެ ތެރޭގައި ފެން ޕަމްޕް އަދި ހޮޅި ފަދަ ތަކެތި ދަނީ ފޯރުކޮށްދެމުންނެވެ. މިކަމަކީ އެއްވެސް އަގެއް ނެގުމެއް ނެތި ކައުންސިލުގެ އެދިލެއްވުމުގެ މަތިން ކޮށްދޭ ކަމެއްކަން އިހްސާން ފާހަނގަ ކުރެއްވިއެވެ. ހަމަ ޔަޤީނުންވެސް މިކަމަކީ ރައްޔިތުން ހެޔޮހިތުން ބަލައިގަންނާނެ ކަމެއްކަން ކަށަވަރެވެ.

ފުވައްމުލަކު މަގުތަކުގެ މަސައްކަތް މިހާރުވެސް ކުރިއަށް ދެއެވެ. އެގޮތުން މަސައްކަތް މިހާރުވެސް ފެން ބޮޑު ނޫން ސަރަހައްދު ތަކުގައި ހޮޅި ވަޅުލުން ފަދަ ކަނތަށް ކުރަމުން ގެންދެއެވެ. ހަމަ އެއާއި އެކު މި މަސައްކަތަށް ބޭނުންވާނެ ކާނު ތަކާއި އެނޫނަސް އެހެނިހެން ކޮންކިރިޓް މަސައްކަތްތަށްވެސް ސައިޓުގައި ކުރަމުންދާ ކަމަށްވެސް އިހުސާން ވިދާޅުވިއެވެ.

Advertisement
ކިޔުންތެރިންގެ ހިޔާލު