Advertisement
Advertisement

އަލަށް އިންތިޚާބުވި ފުވައްމުލަކު ކައުންސިލަރުންނާއި މޭޔަރުގެ ޚާއްސަ ބައްދަލުވުމެއް!

ފުވައްމުލަކު ސިޓީ ކައުންސިލަށް އަލަށް ހޮވި ވަޑައިގެންނެވި ކައުންސިލަރުން ފުވައްމުލަކު ސިޓީ ކައުންސިލަށް އަލަށް ހޮވި ވަޑައިގެންނެވި ކައުންސިލަރުން

މިއަދު ފުވައްމުލަކު ރައްޔިތުން އެންމެންގެ ލޯތަށް ހުއްޓިގެން ދިޔައީ އަލަށް އިންތިޚާބުވެ ވަޑައިގެންނެވި ހުރިހާ ކައުންސިލަރުންނާއިއެކު ބައްދަލުވުމެއް ބޭއްވިގެން ދިޔަ މަންޒަރެވެ. މި ޕޯސްޓު ޝެއާރ ކުރުމާއި އެކު އެތަކެއް ބަޔަކު ވަނީ އެކަމާއި އުފާކޮށް އެކަމަށް ތައުރީފުވެސް ކޮށްފައެވެ. މި ޕޯސްޓު ޝެއާރ ކުރަމުން އަލަށް ސިޓީ ކައުންސިލްގެ މޭޔަރ ކަމަށް އިންތިޚާބު ވެވަޑައިގެންނެވި ޢިސްމާޢިލް ރަފީޤް ވިދާޅުވެފައިވަނީ މިއީ ކައުންސިލަށް ހޮވިވަޑައިގެންނެވި މެމްބަރުންގެ ފުރަތަމަ ބައްދަލުވުން ކަމަށް، އަދި އިރާދަ ކުރެއްވިއްޔާ މި ޓީމް މަސައްކަތް ކުރާނީ ފުވައްމުލަކަކީ ދިރިއުޅެން ފަސޭހަ ތަނަކަށް ހަދޭން ކަމަށެވެ.

Advertisement

މި ޕޯސްޓުގެ ކޮމެންޓުތަކަށް ބަލާލާއިރު ގިނަ ބަޔަކު ބުނަމުން ގޮސްފައިވަނީ މި ޓީމަކީ އުންމީދީ ޓީމެއް ކަމަށާއި މިގޮތަށް ބައްދަލު ކުރުމުން ފެނިގެންދަނީ އިއްސެގެ ބެލެނިވެރި ކަމުގެ ދަށުން އެންމެން ގުޅިގެން ރަށް ތަރައްޤީ ކުރެވިގެންދާނެ ކަމަށް ދެކޭ ކަމަށެވެ.

މިދިޔަ ހޮނިހިރު ދުވަހު ބޭއްވުނު ލޯކަލް ކައުންސިލް އިންތިޚާބުގައި ވަނީ ހީވެސް ނުކުރާފަދަ ބޮޑެތި ބަދަލްތަކެއް ފެނިގެން ގޮސްފައެވެ. އެގޮތުން ވެރިކަން ކުރާ އެމްޑީޕީ އަށް ވަނީ ރާއްޖޭގެ އެންމެ ބޮޑު އާބާދީ ކަމުގައިވާ މާލެ ސިޓީ އިން ބޮޑު ނާކާމިޔާބީ އަކާއި ކުރިމަތި ލާން ޖެހިފައިއެވެ. ނަމަވެސް ފުވައްމުލަކު ކައުންސިލްގެ އަގްލަބިއްޔަތު ވަނީ އެމްޑީޕީ ހޯދާފައެވެ.


Advertisement
ކިޔުންތެރިންގެ ހިޔާލު