Advertisement

ކައުންސިލް މުހިއްމު ބައްދަލްވުންތަށް ލައިވް ކުރާނެ!

ފޮޓޯ: ސިޓީ ކައުންސިލް ފޮޓޯ: ސިޓީ ކައުންސިލް

ވޭތުވެދިޔަ ދެތިން ދުވަހަކު ފޭސްބުކުގައި ފުވައްމުލައް ސިޓީގެ ރައްޔިތުން އެންމެ ގަދަޔަށް ބަހުސްކުރި އެއްވާހަކައަކީ ފުވައްމުލަކު ސިޓީ ކައުންސިލުން ކައުންސިލުގެ ބައްދަލުވުންތަށް ލައިވް ކުރުމަށް ސިޓީ ކައުންސިލްގެ މެމްބަރުން ދެކޮޅުވާހަކައެވެ. މިވާހަކަ ފޭސްބުކް ސްޓޭޓަސް މެދުވެރިކޮށް ކައުންސިލް މެމްބަރެއްކަމަށްވާ މުޙައްމަދު ފިކުރީ ޖެހުމާއިއެކު ބޮޑު ބަހުސަކަށް އެކަން ވެގެން ގޮސްފައި ވެއެވެ. 

Advertisement

އެމަނިކުފާނުގެ އަމިއްލަ ފޭސްބުކް ޕޯސްޓުގައިވާގޮތުން ރައްޔިތުންނާއި ގުޅުން ހުރި ކަންކަން ނިއްމަން ބާއްވާ ފުވައްމުލަކު ސިޓީ ކައުންސިލްގެ ރަސްމީ އާއްމު ޖަލްސާތައް ފުވައްމުލައް ސިޓީ ކައުންސިލްގެ ފޭސްބުކް ޕޭޖް މެދުވެރިކޮށް ލައިވް ކުރަން އިއްޔެ ހެނދުނު 11:45ގައި ބޭއްވުނު ކައުންސިލްގެ 4 ވަނަ ދައުރުގެ 2 ވަނަ ޖަލްސާއަށް ގަވާއިދުން ދެފަހަރެއްގެމަތިން 2 ގޮތަކަށް ހުށެހެޅިކަމަށާއި، ނަމަވެސް ކައުންސިލްގެ އެހެން އެއްވެސް މެމްބަރަކު އެކަމަށް އެއްބާރުލުން ނުދިނުމުން އެކަން ކާމިޔާބު ނުވިކަމަށެވެ.

ނޫހުގައި ނަން ނުޖެހުމަށް ޝަރުތުކޮށް ކައުންސިލް މެމްބަރަކު ވިދާޅުވީ އެކަން ހިނގާފައިވަނީ އެހެން ނޫން ކަމަށެވެ. ކައުންސިލް މެމްބަރު ހުށެހެޅީ ކައުންސިލްގެ ގަވާއިދަށް ބަދަލް ގެނެސްގެން ދާއިމީގޮތަކަށް އެކަން ކުރުމަށެވެ. މިކަމަކީ މީގެ ކުރިންވެސް ވާހަކަ ދެކެވިފައިވާ ކަމެކެވެ. އެގޮތުން ކައުންސިލްގެ މުޙިއްމު ބައްދަލުވުންތަށް (ރައްޔިތުންނާއި ގުޅުންހުރި) ނިންމާއިރު ފޭސްބުކް ޕޭޖް މެދުވެރިކޮށް ލައިވް ކުރަން ވާހަކަދެކެވި އެގޮތަށް ނިންމާފައިވާ ކަމެއް ކަމުގައި މެމްބަރު ވިދާޅުވިއެވެ. އަދި މިކަމުގައި މޭޔަރުގެވެސް ވިސްނުން ހުރީ އެހެން ކަމަށެވެ. އެހެންކަމުން މިހާރު ޤަވާއިދު އޮތްގޮތުންވެސް ކައުންސިލަށް އެކަން ކުރެވެން އޮއްވަ ފިކުރީ އެގޮތަށް ޢަމަލް ކުރަންވީ ސަބަބެއް ނޭގޭ ކަމަށްވެސް ވިދާޅުވިއެވެ. ހަމަ އެއާއި އެކު އެގޮތަށް ގަވާއިދު ބަދަލުކޮށްފިނަމަ ދިމާވެދާނެ އެހެން މައްސަލަތަކެއްވެސް އެބަހުރިކަމަށް ވިދާޅުވަމުން އެމަނިކުފާނު ޤަބޫލް ކުރައްވާ ގޮތުގައި މިސާލަކަށް އިންޓަނެޓް މެދުކެނޑިއްޖެ ޙާލަތެއްގައި ކައުންސިލް ޖަލްސާ ނުބޭއްވުމަކީވެސް ދިމާވެދާނެ މައްސަލައެއްކަން ފާހަނގަ ކުރެއްވިއެވެ. ނަމަވެސް ރައްޔިތުންނާއި ގުޅުން ހުރި ނިންމުންތަށް ނިންމާއިރު ޖަލްސާ ލައިވް ކުރަން ނިންމާފައިވާނެ ކަމަށް ވިދާޅުވިއެވެ.

ފޭސްބުކްގައި މިކަމާއި ގުޅިގެން ކޮމެންޓް ކުރާ ބައެއް ރައްޔިތުން ދެކޭގޮތުގައި ފިކުރީ މިކަން ކުރީ އެންމެ ޒިންމާދާރު ގޮތަކަށް ނޫނެވެ. ކަނޑައެޅިގެން ކައުންސިލުން އެކަމާ ދެކޮޅުކަން ދޭހަވާގޮތަށް އެބާވަތުގެ ވާހަކަ ޕަބްލިކުގައި ދެއްކުމަކީ ކައުންސިލްގެ އަގުވައްޓާލުން ކަމަށްވެސް ބައެއް ފަރާތްތަކުން ދެކެއެވެ.

Advertisement
ކިޔުންތެރިންގެ ހިޔާލު
ޢީސައުގެ ދިޔަ
ތިފިކުރީ ހުއީކަލަސް އަފޫދެނެތީމާ ތިއު ތިކަހަލަ ދެބޮލްގެރި ދެއްވައްނެންކަން ޢަދި ތިކަހަލަ ކިތެންމި ކަމައްކާ ޖެހެއްނެން