Advertisement
Advertisement

އަންނަ ހޯމަ ދުވަހަކީ ފުވައްމުލަކަށް ބޮޑު ދުވަހެއް

ފުވައްމުލައް ސިޓީގެ އަލަށް ހޮވުނު މޭޔަރ އަދި ކައުންސިލަރުން ފުވައްމުލައް ސިޓީގެ އަލަށް ހޮވުނު މޭޔަރ އަދި ކައުންސިލަރުން

އަންނަ ހޯމަ (17 މެއި 2021) ވަނަ ދުވަހު ފުވައްމުލައް ސިޓީގެ އާ ކައުންސިލަރުންނާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ ގެ މެމްބަރުން ހުވައި ކުރުމާއި އިޤްރާރުގައި ސޮއިކުރުން ބާއްވާގޮތަށް ހަމަޖެހިއްޖެ އެވެ.

Advertisement

 ނަމަވެސް މި އިވެންޓު ވަނީ އާއްމުކޮށް ހުޅުވާލައިގެން ނުބޭއްވުމަށް ނިންމާފައެވެ. ސަބަބަކީ މިދުވަސްވަރަކީ ދިވެހިރާއްޖޭގައި ހަލުވިކަމާއިއެކު ކޮވިޑް ފެތުރެމުންދާ ދުވަސްވަރަކަށްވެފައި ފުވައްމުލަށްވެސް ވަނީ މޮނިޓަރިންގ ގެ ހާލަތުގައިކަމަށް ވުމުންނެވެ. 

ނަމަވެސް މި އިވެންޓު ފުވައްމުލައް ސިޓީ ފޭސްބުކް ޕޭޖް މެދުވެރިކޮށް ލައިވް ކުރުމަށް ވަނީ ހަމަޖެހިފައެވެ. މި އިވެންޓް އޮންނާނީ 17 މެއި 2021 ވަނަ ދުވަހު ހެނދުނު 10:00 ގައި ޏ. އަތޮޅު ތައުލީމީ މަރުކަޒުގެ ހޯލުގައި ކަމަށް އިއްޔެ ސިޓީ ކައުންސިލުން ކުރި އިޢުލާނުގައި ވެއެވެ.

މިފަހަރު ފުވައްމުލަކު ސިޓީ ކައުންސިލަށް ހޮވިފައިވަނީ މޭޔަރ ކަމުގެ މަޤާމަށް އިސްމާޢިލް ރަފީޤް، އަދި ކައުންސިލަރުންގެ ގޮތުގައި އިބްރާހިމް މުޙައްމަދު، އަބްދުލް ނާސިރު، މުހައްމަދު ފިކުރީ، މުޙައްމަދު އިސްމާޢިލް، އައިޝަތު އަބްދުލް ޤާދިރު، އަދި އިނާ އެވެ. މީގެ ތެރެއިން ދެ ކައުންސިލަރުންގެ ގޮނޑިއަށް ހޮވިފައިވަނީ އިދިކޮޅު ޕީޕީއެމް ގެ ފަރާތުން ވާދަކުރެއްވި މުޙައްމަދު އިސްމާޢިލް އާއި އައިޝަތު އަބްދުލް ޤާދިރު އެވެ. ދެން ހޮވިފައިވަނީ ހުސް އެމްޑީޕީ މެމްބަރުންނެވެ. އެހެންވީމަ މިފަހަރުވެސް ކައުންސިލް މެޖޯރިޓީ ލިބިފައިވަނީ އެމްޑީޕީއަށްކަން ފާހަނގަކޮށްލަން ޖެހެއެވެ.

Advertisement
ކިޔުންތެރިންގެ ހިޔާލު