Advertisement

އައްޑޫ ސިޓީ އާއި ފުވައްމުލައް ސިޓީ އެލާޓް ލެވެލް "އޮރެންޖް", ސަމާލުވޭ!

ފެން ބޮޑުވުމުގެ ސަބަބުން ވެލިބަސްތާ ޖަހާފައި ފެން ބޮޑުވުމުގެ ސަބަބުން ވެލިބަސްތާ ޖަހާފައި

އައްޑޫ ސިޓީ އިން ފުވައްމުލައް ސިޓީ އާއި ދެމެދު އެލާޓް ލެވެލް "އޮރެންޖް", ލެވެލް އަށް ބަދަލުކޮށްފިއެވެ. 

Advertisement

ރާއްޖޭގެ ދެކުނަށް އިއްޔެއިން ފެށިގެން ކުރަމުން މިދާ ވިއްސާރައިގެ އަސަރު އެންމެ ބޮޑަށް ކުރަމުން މިދަނީ އައްޑޫ ފުވައްމުލަކަށެވެ. ރޭއްސުރެ ވެހެމުން މިދާ ވިއްސާރާގައި މިހާރު ފުވައްމުލަކު ގިނަ ގެތަކަށް ވަނީ ފެންވަދެފައެވެ. ހަމައެއާއި އެކު އެމްއެންޑީއެފް އަދި ފުލުހުން ގުޅިގެން ފެންވަންނަ ގޭގެއަށް ވެލި ބަސްތާ ޖެހުމުގެ މަސައްކަތްވެސް ފަށާފައެވެ.

ފުވައްމުލަކުގައި ފެން ބޮޑުވެއްޖެ ނަމަ އެންމެފުުރަތަމަ ފެންތަށް ޖަމާވާން ފަށަނީ ރަށުގެ މެދަށެވެ. ބަންޑާރަ ކުޅި އޮންނަ ދިމާލަކީ ރަށުގެ މެދާ ދިމާވާ ސަރަހައްދެވެ. ރަށު ތެރޭގައި އުފެދޭ ފެންތަށް ޖަމާވާން ފަށަނީ އެންމެ ފުރަތަމަ ކުޅި އަށެވެ. ދެން ކުޅި ބަނޑުންވީމަ މުޅި ރަށުގެ ފެން ބޮޑުވެގެން ދެއެވެ.

ފުވައްމުލަކު ކުރިއަށް އޮތް ދައުރަށް އިންތިޚާބުވި އިބްރާހިމް މުޙައްމަދު ވިދާޅުވީ ބައެއް ގޭގޭގައި އޮޝޯއްނާނެ އެއްވެސް ހިކި ތަންކޮޅެއް ނެތެވެ. އެގޮތުން 4 ކޮޓަރި ހުރި ބައެއް ގޭގޭގެ ހުރިހާ ކޮޓަރިއަކަށް ފެންވަދެފައިވާ ކަމަށެވެ.


މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާރވިސް އިން މަޢުލޫމާތު ދޭގޮތުން މިރޭ 19:00 - 21:00 ދޭތެރޭގައި ބޯކޮށް ވާރޭވެހި ފެން ބޮޑުވެ، ވިލާގަނޑުގައި 45 މޭލު ބާރުމިނަށް ވައި ގަދަވާނެކަމަށް ލަފާކުރެވޭ ކަމަށެވެ.


Advertisement
ކިޔުންތެރިންގެ ހިޔާލު