Advertisement
Advertisement

ފެންބޮޑުވާ މައްސަލައަށް ދާއިމީ ހައްލެއް ލިބޭނީ ސްޓޯމް ވޯޓާ ޑްރެއިނޭޖް ސިސްޓަމެއް ހެދިގެން – މަބްރޫކް އަޒީޒު

ފޮޓޯ: ފުވައްމުލަކުގައި ބޮޑުވެފައިވާ ފެންގަނޑު ހިނދުމުގެ މަސައްކަތް ކުރިއަށް ދަނީ ފޮޓޯ: ފުވައްމުލަކުގައި ބޮޑުވެފައިވާ ފެންގަނޑު ހިނދުމުގެ މަސައްކަތް ކުރިއަށް ދަނީ

ވިއްސާރައާއެކު ރަށްރަށުގެ މަގުތަކުގައި ފެން ބޮޑުވާ މައްސަލައަށް ދާއިމީ ހައްލެއް ލިބޭނީ ފެން ހިންދާ ނިޒާމް ބަހައްޓައިގެން ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވެއްޖެއެވެ. 

Advertisement

ރާއްޖޭގެ ރަށްތަކަށް ބޯކޮށް ވާރޭވެހި ފެންބޮޑުވުމާއި ގުޅިގެން ރައީސް އޮފީހުގެ ފަރާތުން މީޑިއާތަކަށް މައުލޫމާތު ދެއްވާ މީޑިއާ ގްރޫޕުގައި މަބްރޫކް ވިދާޅުވީ ރަށްރަށުގައި ފެންބޮޑުވާ މައްސަލަ ސަރުކާރުގެ ސަމާލުކަމަށް އައިސްފައިވާ ކަމަށާއި އެކަމަށް ހައްލު ހޯދުމުގެ މަސައްކަތްތައް ކުރެވެމުންދާ ކަމަށެވެ. 

"ފެންބޮޑުވެ އުދައެރުމުގެ މައްސަލަޔަށް ދާއިމީ ހައްލެއް ލިބޭނީ ސްޓޯމް ވޯޓާ ޑްރެއިނޭޖް ސިސްޓަމެއް ރަށްރަށުގައި ހެދިގެން. މި ސަރުކާރުން ހިންގާ މަގުހެދުމުގެ ޕްރޮޖެކްޓެއްގެ ސްކޯޕްގައި ސްޓޯމް ވޯޓާ ޑްރެއިނޭޖްގެ މަސައްކަތް ހިމެނޭ،" - މަބްރޫކް އަޒީޒު

ފުވައްމުލަކުގައި މަގު ހެދުމުގެ މަސައްކަތް ކުރިއަށް އެބަދެއެވެ. އެގޮތުން ރަށުގެ އެތެރޭގެ މަގުތައް ހެދުމުގެ އަމަލީ މަސައްކަތް އެމްޓީސީސީން ފެށީ މިދިޔަ އަހަރު ޖުލައި މަހުގަ އެވެ. މަގު ހެދުމުގެ މަޝްރޫއުގެ ދަށުން ފުވައްމުލައް ސިޓީ 31 މަގެއް ހަދަން ވަނީ ނިންމާފައެވެ. އަދި އެ މަޝްރޫއުގެ ދަށުން މަގުތަކުގައި ފެން ހިންދާ ނިޒާމެއްގެ މަސައްކަތް ކުރުމަށް ވެސް އޮތީ ހަވާލުކޮށްފައެވެ. 

މިދިޔަ ބުދަ ދުވަހުން ފެށިގެން ކުރަމުންދާ ވިއްސާރައިގައި ފުވައްމުލަކުގެ ގިނަ ހިސާބުތަކުގައި ވަނީ ފެންބޮޑުވެ ގޭގެއަށް ފެން ވަދެ ހިފާ ގެންގުޅޭ ތަކެއްޗަށް ވަނީ ގެއްލުންވެފައެވެ. އެގޮތުން މި ވިއްސާރައިގައި ރަށުގެ 300 ގެއަކަށް ފެން ވަދެ، 10 ގެއަކުން މީހުން ބަދަލުކުރަން ޖެހުނު ކަމަށް ފުވައްމުލައް ސިޓީ ކައުންސިލުން ހާމަކުރެއެވެ. 

Advertisement
ކިޔުންތެރިންގެ ހިޔާލު