Advertisement
Advertisement

ސަމާލުވޭ! ވަރޭވެހި ފެން ބޮޑު ވެދާނެ – މެޓް އޮފީސް

ފުވައްމުލައް ސިޓީ އަށް ވާރޭ ވެހިފައި ފުވައްމުލައް ސިޓީ އަށް ވާރޭ ވެހިފައި

ފުވައްމުލައް ސިޓީ ހިމެނޭ ގޮތަށް މެދު ރާއްޖެއިން ފެށިގެން ދެކުނުގެ ސަރަހައްދަށް ޔެލޯ އެލާޓް ނެރެފިއެވެ.

Advertisement

މޫސުމާއި ބެހޭ އިދާރާއިން ނެރެފައިވާ އެލާޓްގައި މި ސަރަހައްދަށް ބޯކޮށް ވާރޭވެހި ފެންބޮޑުވެދާނެ ކަމުގެ އިންޒާރު ވަނީ ދީފައެވެ. އަދި ގަޑިއަކު 25 މޭލާއި 30 މޭލާއި ދެމެދުގެ ބާރު މިނުގައި ވައިޖެހި ވިލާގަނޑުގައި 55 މޭލަށް ވައިގަދަވެ، ކަނޑުތައް ގަދަވެ ރާޅު އުފުލޭނެ ކަމަށް ލަފާކޮށްފައިވެއެވެ.

ބުދަ ދުވަހުން ފެށިގެން ކުރަމުންދާ ވިއްސާރައިގައި ފުވައްމުލަކުގެ ގިނަ ހިސާބުތަކުގައި ވަނީ ފެންބޮޑުވެ ގޭގެއަށް ފެން ވަދެފައެވެ. އެގޮތުން މި ވިއްސާރައިގައި ރަށުގެ 60 އިންސައްތަ ގެތަކަށް ފެން ވަދެފައިވާ ކަމަށް ފުވައްމުލައް ސިޓީ ކައުންސިލުން ހާމަކުރެއެވެ.

ވިއްސާރައިގެ ހާލަތު

މިވަގުތު އަރަބިކަނޑުގައި އޮތް ކޮޅިގަނޑު ވަރުގަދަ ތޫފާނަކަށް ބަދަލުވެ ބާރުގަަދަވަމުން އަންނަ ކަމަށާއި އެ ތޫފާނުގެ އަސަރު ރާއްޖެއަށް ވެސް ކުރާނެ ކަމަށް މޫސުން ލަފާ ކުރާ ފަރާތްތަކުން ވަނީ ހާމަކޮށްފައެވެ. މި ތޫފާނުގެ ސަބަބުން ދެކުނު އޭޝިއާ ސަރަހައްދުގެ މޫސުން ވަރަށް ބޮޑަށް ގޯސްވެފައި ވާއިރު ރާއްޖޭގެ ބޮޑުބަޔަކަށް ވެސް ދަނީ ގަދަވަޔާއެކު ވާރޭ ވެހެމުންނެވެ.

ދެކުނުގެ ފުވައްމުލައް ސިޓީ އާއި އައްޑޫ ސިޓީ އަށް ވާރޭވެހި ވަނީ ފެންބޮޑުވެފައެވެ. ރާއްޖޭގެ އުތުރުގެ ބައެއް ރަަށްތަކަށް މިއަދު އުދަ އެރިއެވެ.

ތޫފާނުގެ ހަރަކާތްތައް ހުރި ގޮތަށް ބަލައި މޫސުމާއި ބެހޭ ފަރާތްތަކުން ވަނީ ކައިރި މާޒީއެއްގައި އިންޑިއާއަށާއި ޕާކިސްތާނަށް އަރާފައި ނުވާ ވަރުގެ ބާރުގަދަ ތޫފާނެއް އަރާފާނެ ކަމުގެ އިންޒާރުދީފައެވެ. 

Advertisement
ކިޔުންތެރިންގެ ހިޔާލު