Advertisement
Advertisement

އެމްޓީސީސީގެ “ހުނަވަރު” ޕްރޮގްރާމް ފުވައްމުލަކުގައި

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮންޕެނީ، އެމްޓީސީސީއިން “ހުނަވަރު” އެޕްރެންޓިސްޝިޕް ޕްރޮގްރާމްގެ ނަމުގައި ކުރިއަށް ގެންދާ ޕްރޮގްރާމުގެ އޯޕެންޑޭ މިއަދު ފުވައްމުލަކުގައި ބޭއްވުމަށް ހަމަޖެހިފައިވާ ކަަމަށް އެމްޓީސީސީއިން ބުނެފިއެވެ.

Advertisement

ހުނަވަރު ޕްރޮގްރާމަކީ މަސައްކަތުގެ މާހައުލުގައި ފަންނީ ތަމްރީން ލިބިފައިވާ ދިވެހިން ބިނާކުރުމަށް އެމްޓީސީސީއިން ކުރިޔަށް ގެންދާ ޕްރޮގްރާމެއް ކަމަށާއި. ހުނަވަރު ޕްރޮގްރާމް ގެ މަޤްސަދަކީ ތަމްރީނާއި، ތަޖުރިބާ ލިބިފައިވާ މަސައްކަތްތެރި މުވައްޒަފުން އެމްޓީސީސީގެ އެކި ވަޒީފާތަކަށް ހޯދުން ކަމަށް އެކުންފުނިން ބުނެއެވެ.

2021 ވަނަ އަހަރުގެ ހުނަވަރު ޕްރޮގްރާމް ކުރިޔަށް ގެންދަނީ ހަތަރު ފިޔަވައްސަކަށް ބަހާލައިގެނެވެ. ފުރަތަމަ ފިޔަވަހި ކުރިޔަށް ގެންދަނީ އެމްޓީސީސީއިން އުމްރާނީ ތަރައްޤީއާއި އިމާރާތްކުރުމުގެ ދާއިރާގައި ހިންގާ މަޝްރޫޢުތަކަށް ބޭނުންވާ ފަންނުވެރިން ބިނާކުރުމަށެވެ. މިގޮތުން ހުނަވަރުގެ ޕްރޮގްރާމުގެ ފުރަތަމަ ފިޔަވަހީގެ ދަށުން އެމްޓީސީސީގެ މަޝްރޫޢުތަކުގައި ބޭނުންކުރާ ކަނޑާއި, އެއްގަމުގައި ދުއްވާ އުޅަނދުފަހަރާއި މެޝިނަރީ އޮޕަރޭޓްކުރުމުގެ ޤާބިލްކަން ލިބިފައިވާ ހުނަރުވެރި މަސައްކަތްތެރިން ބިނާކުރެވޭނެއެވެ.

ހުނަވަރު 2021 ގެ ފުރަތަމަ ފިޔަވަހި ހާއްސަކޮށްފައިވަނީ ދެކުނުގެ ފުވައްމުލަށް ސިޓީ އަދި އައްޑޫ ސިޓީއަށެވެ. ފުވައްމުލަކުގައި ޖެނުއަރީ 9 ވަނަ ދުވަހު އޯޕަން ޑޭ ކުރިއަށް ދާއިރު އައްޑޫގައި މި ޕްރޮގްރާމު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ޖަނަވަރީ 11 ވަނަ ދުވަހުގައެވެ.

މިއޯޕަންޑޭގެ ތެރެއިން ތަމްރީންގައި ބައިވެރިވާން އެދޭ ފަރާތްތަކަށް މިކަމަށް ޝައުޤުވެރިކަން ފާޅުކުރެވޭނެއެވެ. ޝައުގުވެރިކަން ފާޅުކުރާ ފަރާތްތަކުގެ ތެރެއިން ޝަރުތު ހަމަވާ ބައިވެރިން ހޮވާ، އެފަރާތްތައް އެމްޓީސީސީގެ ސައިޓްތަކުގައި 3 މަސް ވަންދެން ފަންނީ ތަމްރީން ދެވޭނެ ކަމަށްވެސް އެ ކުންފުނިން ބުނެއެވެ. މިތަމްރީނަށް ހޮވޭ ބައިވެރިންނަށް ކޮންމެ މަހަކު 5000 ރުފިޔާ އެލަވަންސްގެ ގޮތުގައި ލިބޭނެއެވެ. އަދި ތަމްރީން ފުރިހަމަ ކުރާ ފަރާތްތަކުން 1 އަހަރުގެ ބޮންޑެއްގެ ދަށުން އެމްޓީސީސީގައި ވަޒީފާ އަދާކުރުމުގެ ފުރުސަތު ލިބޭނެއެވެ.

Advertisement
ކިޔުންތެރިންގެ ހިޔާލު