Advertisement
Advertisement

ފުވައްމުލަކު އަތިރިމަތިން ވެލި ނެގުން ހުއްޓުވުމުގައި އިދާރާތަށް ފެއިލް ވެއްޖެ!

ފުވައްމުލަކު އަތިރިމަތިން ވެލި ނަގަނީ ފުވައްމުލަކު އަތިރިމަތިން ވެލި ނަގަނީ

ފުވައްމުލަކަކީ ވަރަށް ނާޒުކު ތިމާވެއްޓެއް އޮންނަ ރަށެކެވެ.

Advertisement

މިކަމުގައި ދެބަސްވާނެ އެއްވެސް މީހަކު ހުންނާނެ ހެން ހިއެއްނުވެއެވެ. ނަމަވެސް މިހާރު މިފެންނަނީ ވަރަށް ހިތާމަވެރި މަންޒަރެކެވެ. 

ޒަމާނުއްސުރެ ފުވައްމުލަކުގެ މަގުތަކަށް އެ މަގެއްގެ ދެފަރާތުގައި ހުންނަ ގޭގެ މީހުން ހުންނަނީ ވެލި އަޅާ ރީތިކޮށްފައެވެ. މި ވެލި ނަގަނީ ގޮނޑުދޮށުންނެވެ. ޒަމާން ބަދަލުވެ، ކުރިން ގޮތަށް އަޅާ ވެލި އެގޮތުގައި މާގިނަ ދުވަހަކު އޮންނަ ގޮތެއް ނުވެއެވެ. ދުއްވާ ވެހިކަލްތަށް ގިނަވެ، މަގު ހަދަން އެކްސްކަވޭޓަރު ބޭނުންކޮށްގެން މަގު ކޮނުން ފަދަ ކަންތަކުން މަގަށް އަޅާ ވެލި މާގިނަ ދުވަހު ފެންނަން ނުހުރެއެވެ. ދެން އަނެއްކާވެސް ނުކުންނަނީ ވެލިކޮޅެއް ނަގަން އަތިރިމަށްޗަށެވެ. ނަމަވެސް މިހާރު ފުވައްމުލަކު ގޮނޑުދޮށުން ވެލި ނެގުމަކީ މަނާ ކަމެއް ކަމަށް ސިޓީ ކައުންސިލުން ވަނީ ކަނޑައަޅާފައެވެ. ނަމަވެސް މިހާރުވެސް އެކި ވަގުތު ތަކުގައި ބާލިދީ، ގޯނި ފަދަ ތަކެޗަށް އަޅައިގެން ސައިކަލުގައި ދެމީހުން ދޭތެރެއަށް ލައިގެން ދާ މަންޒަރު ކޮންމެ ދުވަހަކުހެން ފެންނަމުން ދެއެވެ.

ސުވާލަކީ ކީތްވެތޯ މިކަން ނުހުއްޓުވިގެން މިއުޅެނީ؟ ފަހަރުގައި ވެދާނެ އެކަން ކުރަނީ ސިޔާސީ ގޮތުން މާ ބާރުގަދަ ބައެއް ކަމަށްވެފައި އެބައިމީހުންނާއި ދޭތެރޭގައި އެޅޭނެ މާބޮޑު ފިޔަވަޅެއް ނެތީމަ ކަމަށްވެސް ވެދާނެއެވެ. މަންޒަރު ފެންނަ ބައެއް ފަރާތްތަކުން ބުނާގޮތުގައި މިކަން ކުރަނީ އަބަދުވެސް އެއްބައެއް، އަދި އެއީ ކޮން ބައެއް ކަންވެސް ކައުންސިލަށާއި ފުލުހުންނަށްވެސް އެނގޭނެ. އެކަމަކު އެމީހުންނަށް ނަސޭހަތް ދިނުން ފިޔަވައި މާބޮޑު ކަމެއް ކުރެވޭ ތަނެއް ނުފެނޭ. ވެލި ނަގާމީހުންގެ ދޮރުމަތީގައި ވެލި 3 އިންޗި ބޯމިނުގައި އަޅާފައި ހުންނަ މަންޒަރު އެމަގުން ދުއްވާ އެންމެނަށް ފެންނާނެ. އަދި ހިއެއް ނުވޭ މާ ދުރުން ބަޔަކު އައިސް އެ ގޭގެ ދޮރުމައްޗަށް ވެލި އަޅާނެ ހެނެއް. މާބޮޑު ތަހުގީގެއްވެސް ހިންގަންޖެހޭނެ ކަމެއް ނޫން މިކަމަކީ. އެހެންވީމަ އެ ވެލި އެޅި ބަޔަކު ހޯދުމަކީ މާ އުނދަގޫ ކަމަކަށް ނުވާނެ ކަން ޔަޤީނެވެ. ނަމަވެސް އަދިވެސް ނަގާވަރަކަށް ނަގަނީއެވެ. ކައުންސިލަކަށް އެދެވޭ ފިޔަވަޅެއް ނޭޅޭއިރު ފުލުހުން ކުރާ މަސައްކަތުންވެސް މާ އެދެވޭ ނަތީޖާއެއް ނިކުންނަ ތަނެއް ނުފެނެއެވެ.

ވީމާ މިކަމަށް އޮތް ހައްލަކީ ކޮބައިތޯއެވެ؟ ހަމަ ގައިމުވެސް ޖުރުމާނާ ކޮށްގެން ކަމެއް ހުއްޓޭނެ ނަމަ މާލޭގައި ނުގަވައިދުން ކުރާ ޕާކިންތަކަށް ހައްލެއް ލިބިގެން ދިޔައިސް ކަން ކަށަވަރެވެ. މިފަދަ ކަންކަމުން ފިލާވަޅު ލިބިގަނެ، ކަމެއް އިސްލާހު ކުރުމުގެ ނިޔަތުގައި ކަންތަކެއް ކުރަން މަސައްކަތް ކުރުން މާ ރަނގަޅުވާނެއެވެ.

މިމައްސަލާއި ބެހޭގޮތުން އަޅުގަނޑުމެން ވާހަކަ ދައްކާލި ބައެއް މީހުން ބުނަނީ މިކަމަކީވެސް ޖުރުމާނާތަކެއް ކޮށްގެން ހައްލު ކުރެވިދާނެ ކަމެއް ނޫން ކަމަށެވެ. އޭގެ ބަދަލުގައި މިސާލަކަށް ގޭގެއަށް ގޮސް ގޭގެ އެންމެނާއި މިކަމަކީ ކިހާ ނުރައްކާތެރި ކަމެއްކަން އެނގޭނެހެން ލީފްލެޓް ކަހަލަ ލުއިފޮތްތަކެއް ބޭނުންކޮށްގެން މަޢުލޫމާތު ފޯރުކޮށްދިނީމަ މާބޮޑުތަނުންވެސް ރަނގަޅުވެގެންދާނެ ކަމަށެވެ. މިކަހަލަ ބައްދަލުވުންތަކަށް ކައުންސިލުންނާއި ފުލުހުންގެ ބައިވެރިވުންވެސް އިތުރު ކުރެވިދާނެއެވެ.

ފުވައްމުލަކުގައި ޢިޖުތިމާއީ ކަންކަން ދިރުވާ ޢާލާ ކުރަން އުފެދިފައިވާ ބައެއް ޖަމްޢިއްޔާތަށްވެސް އެބަ ހުއްޓެވެ. މިފަދަ ޖަމްޢިއްޔާތަކުންވެސް މިކަހަލަ މައްސަލަތަކުގައި އެކައްޗެއް ކިޔައިގެން ކައުންސިލާއި ސަރުކާރުގެ ކަމާއި ބެހޭ ފަރާތްތަކުގެ އެހީތެރިކަމާއި އެކު ގުޅިގެން ކުރާ މަސައްކަތުގެތެރެއިން ނަތީޖާ ޙާސިލް ކުރެވިދާނެ ކަމަށް ގިނަ ބަޔަކު ދެކެއެވެ.


Advertisement
ކިޔުންތެރިންގެ ހިޔާލު
ައަހުމަދު
ތީ މަސްްތުވާ މީހުން އެތަކެތި ގަތުމަށްޓަކައި ފައިސާ ހޯދާ އެއްވަސީލަށް ވަލުތެރެއިން ފަސް ކޮނުމާ ރުއްރުއްދަށުން ކާށި ހޮވުމާ ބައެއްފަހަރު ރުކުން ކާށި އެޅުމާ އޮޅުން އަލަކެޑުމާ ފަަށްކެޔޮގަޑު ކެޑުމާ މިތިބީ މަސްތުވާ ތަކެތި ގަތުމަށް ފައިސާ ހޯދާ ގޮތް މީ އެންމެން އެގޭ ބޮޑު ސިއްރެއް