ފުވައްމުލަކު ބަނދަރުގެ ނެރުބައްތި މަރާމާތުކޮށްފި - ކައުންސިލް
ފުވައްމުލަކު ބަނދަރުގެ ނެރުބައްތި މަރާމާތުކޮށްފިއެވެ.
މައުލޫމާތު ލިބޭގޮތުގައި މި ނެރުބައްތި ހަލާކުވެފައިވާތާ މިހާރު ވަނީ ވަރަށްގިނަ ދުވަސްވެފައެވެ. ފޭސްބުކް މެދުވެރިކޮށް ފުވައްމުލަކު މަސްވެރިއަކު ކުރި ޕޯސްޓުގައިވާގޮތުން މި ބައްތި ހަލާކުވެގެން ނިމިގެންދިޔަ ކައުންސިލަށްވެސް ވަނީ ޝަކުވާ ހުށަހަޅާފައެވެ. އަދި އަލަށް އިންތިޚާބުވި ކައުންސިލަށްވެސް ވަނީ މިމައްސަލަ ހުށަހަޅާފައެވެ.
މިޕޯސްޓަށް ކައުންސިލަރ އިނާޔާ ވަނީ މި މަސައްކަތް މިހާރު ކުރިއަށްދާ ކަމަށް ރިޕްލައިގައި ބުނެފައިވެއެވެ. މި ޕޯސްޓް ކޮށްފައިވަނީ މީގެ ދެދުވަސް ކުރިން ކަންވެސް ފާހަނގަ ކޮށްލަން ޖެހެއެވެ.
މިލިޔުން ކިޔާލުމުން