Advertisement
Advertisement

ބީއެމްއެލް އިން ފުވައްމުލަކު ޕަބްލިކް ލައިބްރަރީއަށް 400 ފޮތް ހަދިޔާކޮށްފި

ފޮޓޯ: ކައުންސިލް ފޭސްބުކް ޕޭޖް ފޮޓޯ: ކައުންސިލް ފޭސްބުކް ޕޭޖް

ފުވައްމުލައް ސިޓީގައި ސިޓީ ކައުންސިލުން ހުޅުވާފައިވާ ޕަބްލިކް ލައިބްރަރީއަށް ބޭންކް އޮފް މޯލްޑިވްސް އިން ފޮތްތަކެއް ހަދިޔާކޮށްފިއެވެ. އެ ބޭންކުން ހަދިޔާކުރީ 400 ފޮތެވެ.  އެ ފޮތްތަކުގެ ތެރޭގައި، އިނގިރޭސި، ދިވެހި، އަދި ދީނީ ފޮތްތަކުގެ އިތުރުން ކިޔަވާކުދިންނަށް ބޭނުންވާނެ ޓެކްސްޓް ފޮތްވެސް ހިމެނެއެވެ..

Advertisement

މި ފަންޑަށް ބޭނުންވާ ފޮތް ހޯދުމުގެ ޕްރޮޕޯސަލް ކާމިޔާބު ކުރީ ފާތިމަތު ރަޝީދެވެ. އޭނާ ބުނި ގޮތުން ފުވައްމުލަކަކީ ގިނަ ދަރިވަރުންތަކެއް ތަޢުލީމު ހާސިލް ކުރަމުންދާ ސިޓީއެއް ކަމުގައި ވިޔަސް އެކަށީގެންވާ ފެންވަރު ރަނގަޅު ފޮތް ވިއްކަން ނުވަތަ ލިބޭނެ ގޮތެއް ނެތުމުގެ ދަތިކަން ހުންނަ ކަަމަށެވެ. އެހެން ކަމުން ފޮތް ކިޔުމުގެ ފުރުސަތު ނުލިބޭ ކަމަށާއި މި ކަން ކުރުމުގެ ބޭނުމަކީ އެފުރުސަތު ހޯދައި ދިނުން ކަމުގައެވެ. 

ފުވައްމުލަކު ކައުންސިލުން މި ލައިބްރަރީ ވަނީ ކުރިންވެސް ހުޅުވާފައެވެ. ނަމަވެސް ތަފާތު ސަބަބުތަކަށްޓަކައި މި އިމާރާތް ބަންދުކޮށް އަލުން މިހާރު މިވަނީ ހުޅުވާފައެވެ. މިކަމުގެ ސަބަބުން އެތަކެއް ކިޔަވާ ދަރިވަރުންނަށް މިކަމުގެ މަންފާ ލިބިގެންދާނެ ކަން ކަށަވަރެވެ.





Advertisement
ކިޔުންތެރިންގެ ހިޔާލު