Advertisement
Advertisement

ފުވައްމުލައް ސިޓީގެ ނެރުތައް ބަންދުކުރުމަށް ގޮވާލާ ޕެޓިޝަން ސިޓީ ކައުންސިލާ ހަވާލުކޮށްފި

ފުވައްމުލަކު ސިޓީގެ ހުޅަނގުފަރާތުގައި ހުރި ނެރުތައް ބަންދުކުރުމާއި ގުޅޭ ގޮތުން "ވަން ފުވައްމުލައް" ޖަމްމިއްޔާއިން ކުރިއަށްގެންދިޔަ ޕެޓިޝަން ފުވައްމުލަކު ސިޓީ ކައުންސިލާއި ހަވާލުކޮށްފިއެވެ. މިޕެޓިޝަން ފުވައްމުލަކު ސިޓީ ކައުންސިލުން ހަވާލުވީ މޭޔަރ, އަބްދުﷲ ފަލާހު ޝަރީފް އެވެ. އަދި ޕެޓިޝަން ކައުންސިލާއި ހަވާކުރީ ދާދި ފަހުން މާނޭރެ ނެރަށް ގެނބިގެން  މަރުވި އަހްމަދު ފައުޒަންގެ އެންމެ ގާތް ދެ ރަހްމަތްތެރިންނެވެ. 

Advertisement


އެ ނެރު ބަންދުކުރުމަށް އެދި މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުވެސް ފުވައްމުލަކު ސިޓީ ކައުންސިލުންވަނީ މިނިސްޓަރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރަށް ސިޓީއެއް ފޮނުވާފައެވެ. ފުވައްމުލަކު ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރ މުހައްމަދު ޟިރާރު ސޮއިކުރައްވައި މިނިސްޓްރީއަށް ފޮނުވި ސިޓީގައި ބުނެފައިވަނީ ފުވައްމުލައް ސިޓީގައި ބަނދަރު ހެދުމާއެކު މި ނެރު ބޭނުންކުރުން ހުއްޓާލައިފާ ކަމަށެވެ. 

މިނެރުތަކުން ގިނަ ޢަދަދަކަށް ވެއްޔާއި ގާ ބޭރުވަމުންދާތީވެ، މިކަން ހައްލުކޮށް ރަށްގިރުން ކުޑަކުރުމަޓަކައި ގިރާ ސަރަޙައްދު ހިމާޔަތްކުރުމުގެ މަޝްރޫޢުގެ ފުރަތަމަ ފޭސް 2011 ވަނަ އަހަރު ވަނީ ފެށިފައިވާކަމަށް ސިޓީގައި ބުނެފައިވެއެވެ. މިޕްރޮގްރާމުގެ ތެރެއިން ފުވަށްމުލަކުގެ އިރުމަތީ ފަރާތުގެ ނެރު ވަނީ ބަންދުކޮށްފައެވެ. އަދި އެކަމުގެ ނަތީޖާވެސް ރަގަޅުކަމަށް ރަސްގެފަންނު ސަރަޙައްދަށް ބަލާލުމުން ފާހަގަކުރެވޭކަމަށް މި ސިޓީފައި ބުނެފައިވެއެވެ.

Advertisement
ކިޔުންތެރިންގެ ހިޔާލު