Advertisement
Advertisement

ފުވައްމުލަކުން ފުރާ މީހުން 48 ގަޑިއިރު ކުރިން ސާމްޕަލް ދޭން ފުވައްމުލަކު ހޮސްޕިޓަލުން އަންގައިފި

ފުވައްމުލަކުން އެހެން ރަށްރަށަށް ދަތުރު ކުރައްވާ ބޭފުޅުން 48 ގަޑިއިރު ކުރިން ސާމްޕަލް ދޭން ފުވައްމުލަކު ހޮސްޕިޓަލުން އަންގައިފިއެވެ. 

Advertisement

ފުވައްމުލަކު ހޮސްޕިޓަލުން މިކަން މިގޮތަށް ނިންމާފައިވާ ކަން އެންގީ ފޭސްބުކް ޕޭޖް މެދުވެރިކޮށެވެ. މި ލިއުމުގައިވާގޮތުން މިގޮތަށް ނިންމަން ޖެހުނީ ފުރުމަށް 1 ދުވަހަށް ވެފައިވަނިކޮށް ސާމްޕަލް ދިނުމުގެ ސަބަބުން ފުރާ ގަޑި ޖެހޭއިރުވެސް ސާމްޕަލްގެ ނަތީޖާ ނުލިބި އެފަރާތްތަކަށް ނުފުރޭގޮތް ދިމާވާކަން ފާހަނގަ ކުރެވޭތީ ކަމަށެވެ.

ނަމަވެސް ސަރުކާރުން ވަނީ ފުވައްމުލަކުގައި ޕީސީއާރ މެޝިނެއް ބަހައްޓާ ޖުލައި މަހުގެ ތެރޭގައި ޚިދުމަތް ދޭން ފެށޭނެ ކަމުގެ ޔަޤީންކަން އެތައް ފަހަރެއްގެމަތިން ދީފައިކަން ފާހަނގަ ކޮށްލަން ޖެހެއެވެ. ނަމަވެސް މިހާތަނަށްވެސް ފުވައްމުލަކުގައި މިދެންނެވި ޕީސީއާރ މެޝިން ޤާއިމް ކުރެވޭގޮތް ވަނީ ލިބޭގޮތް ނުވެފައެވެ. ރައްޔިތުން ދަނީ އަދިވެސް މިސުވާލްތަށް ސޯޝަލްމީޑިއާގައިވެސް ކުރަމުންނެވެ.

Advertisement
ކިޔުންތެރިންގެ ހިޔާލު