Advertisement
Advertisement

އެވްރެޖްކޮށް ދުވާލަކަށް 30 މީހުން ޑޮކްޓަރަށް ދައްކަމުންދޭ - ހޮސްޕިޓަލް

އެވްރެޖްކޮށް ދުވާލަކަށް 30 މީހުން ޑޮކްޓަރަށް ދައްކަމުންދާކަމަށް ހޮސްޕިޓަލުން ބުނެފިއެވެ. 

Advertisement

ހޮސްޕިޓަލުގެ ފަރާތުން ޚަދީޖާ ވިދާޅުވީ ދުވާލަކަށް 30 މީހުން ބަލިވެގެން ހޮސްޕިޓަލަށް ދައްކަމުން ދިޔުމަކީ ރަށުތެރޭގައި ބަލީގެ އަލާމާތްތަށް އުޅޭކަމެވެ.

ޚަދީޖާ ވިދާޅުވީ ނިސްބަތުން ކުޑަކުދިންނަށް މިބަލި މިހާރު ޖެހޭ މިންވަރު އިތުރުވެގެންދާކަން ފާހަގަ ކުރެވޭ ކަމަށެވެ. ސަބަބަކީ މި ކުދިންނަކީ ވެކްސިން ނުޖެހޭ އުމުރުގެ ކުދިން ކަމުގައިވުމެވެ. އެހެންކަމުން މީގެ ތެރެއިން ބައެއް ކުދިންނަށް ބޮޑުވަރު ވަމުންދާކަންވެސް ފާހަގަ ކުރެވެއެވެ.

ސިޓީ ކައުންސިލްގެ ފަރާތުން އަލީ މަސީހު ވިދާޅުވީ ކުރިއެކޭވެސް އެއްގޮތަށް މިފަހަރުވެސް ކާރފިއު ގަޑިއަކީ ރޭގަނޑު 9 އިން ފެށިގެން ފަތިހު 4 ޖަހަންދެނެވެ. ސްކޫލްތަކުގައި ކިޔަވައިދީ ފިހާރަތަށް ހުޅުވި ނަމަވެސް ކާރފިއުގަޑިއަށް ބަންދު ކުރަން ޖެހޭ ކަމަށެވެ. ރޭގަނޑު 9 ފެށިގެން މެންދަމު 12 ޖަހަންދެން ޑެލިވަރީ އަދި ޓޭކަވޭ ޚިދުމަތް ދެވޭނެއެވެ. މި ގަޑީގައި ޑެލިވަރީ ޚިދުމަތް ދެވޭނީ ފާސް ލިބިގެންނެވެ. އެގޮތުން މި ފާސް ކުރިއެކޭ އެއްގޮތަށް މިފަހަރުވެސް ފާސް ދޫކުރާނީ ޕޮލިސް ސްޓޭޝަނުންނެވެ.

ޑިރެކްޓަރ މަސީހު އިތުރަށް ވިދާޅުވީ ކެފޭ ހޮޓާ ތަކުގައި ޚިދުމަތް ދެވޭނީ އެޗްޕީއޭ އިން ނެރެފައިވާ ގައިޑްލައިނާ އެއްގޮތަށެވެ. ކަސްރަތު ކުރާ ޖިމްތަކުންވެސް އަމަލް ކުރަން ޖެހެނީ އެޗްޕީއޭގެ ގައިޑްލައިނަށެވެ. އެގޮތުން ޖިމަށް ދާއިރު ދާން ޖެހޭނީ މާސްކު އަޅައިގެންނެވެ. އަދި ޖިމްވެސް ހުޅުވިފައިވާނީ ރޭގަނޑު 9 ޖަހަންދެނެވެ. މަސީހު އިތުރަށް ވިދާޅުވީ ރެންޑަމްކޮށް ވިޔަފާރި ކުރާ ތަންތަނަށް ޒިޔާރަތް ކުރަމުންދާނެ ކަމަށެވެ. އެގޮތުން މި ކުރާ ޒިޔާރަތުގައި އެފަރާތްތަކުން ޚިދުމަތްތަށް ދެމުންދަނީ ގައިޑްލައިނާ އެއްގޮތަށްތޯ ބަލަމުންދާނެކަމަށެވެ. މި ޒިޔާރަތުގައި ފުލުހުންނާއި ޓާސްކްފޯސްވެސް ބައިވެރިވާނެ ކަމަށެވެ.


Advertisement
ކިޔުންތެރިންގެ ހިޔާލު