Advertisement
Advertisement

ފުވައްމުލައް ސިޓީގެ ހުރިހާ ސަރަހައްދަކުން ވަނީ ކޮވިޑު ކޭސްތައް ފެނިފައި – ފުވައްމުލައް ހެލްތް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރ

ފޮޓޯ: ފުވައްމުލައް ހެލްތް އިމަރޖެންސީ އޮޕަރޭޝަންގެ ޕްރެސް ކޮންފަރެންސެއްގެ ތެރެއިން ފޮޓޯ: ފުވައްމުލައް ހެލްތް އިމަރޖެންސީ އޮޕަރޭޝަންގެ ޕްރެސް ކޮންފަރެންސެއްގެ ތެރެއިން

ފުވައްމުލައް ސިޓީގެ ހުރިހާ އަވަށަކުން ކޮވިޑް ޕޮޒިޓިވް ކޭސްތައް ފެނިފައިވާ ކަމަށާއި މިވަގުތު އެކްޓިވް ކޭސްތަކުގެ އަދަދު 121 އަށް އަރާފައިވާ ކަމަށް ފުވައްމުލައް ހެލްތް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރުން ހާމަކޮށްފިއެވެ. 

Advertisement

ފުވައްމުލައް ސިޓީގެ ކޮވިޑު ހާލަތާއި ގުޅޭ މައުލޫމާތު ދިނުމަށް ބޭއްވި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ހޮސްޕިޓަލްގެ ފަރާތުން ހާމަކުރި ގޮތުގައި ފާއިތުވި 24 ގަޑިއިރުތެރޭގައި ފުވައްމުލައް ސިޓީ އިން ނަގާފައިވާ ސާމްޕަލްތަކުގެ ތެރެއިން 22 މީހަކު ވަނީ ކޮވިޑަށް ޕޮޒިޓިވް ވެފައެވެ. 

ފުވައްމުލައް ކޮވިޑް19 ތަފާސް ހިސާބު – 15 މެއި 2021

މިއަދު ސާމްޕަލް ނެގުނު އަދަދު: 108

މިއަދު ޕޮޒިޓިވްވި މީހުންގެ އަދަދު: 22

މިހާތަނަށް ނެގުނު ސާމްޕަލްގެ އަދަދު: 10208

މިހާތަނަށް ޕޮޒިޓިވްވި މީހުންގެ އަދަދު: 194

ރަނގަޅުވި މީހުންގެ އަދަދު: 75

މިވަގުތު އެކްޓިވް ކޭސް އަދަދު: 121

މިހާތަނަށް ރަށުގެ އެކި ސަރަހައްދުތަކުން ނެގުނު ކޮވިޑު ޕޮޒިޓިވް ކޭސްތަކާއި އަދި ރޭންޑަމް ސާމްޕަލްތަކުން އެނގުނު ގޮތުގައި ރަށުގެ ހުރިހާ ހިސާބަކުން ވަނީ ޕޮޒިޓިވް ކޭސްތައް ވަނީ ފެނިފައެވެ. އޭގެ ތެރެއިން ކޭސްތައް އެންމެ ގިނައީ ދިގުވާނޑު އަވަށުގައެވެ. މީގެ ތެރޭގައި ހިމެނެނީ ފުވައްމުލަކުން ކޮވިޑަށް ޕޮޒިޓިވްވި ފަރާތްތަކާއި ކޮންޓެކްޓްވެފައިވާ ފަރާތްތަކާއި އަދި ކޮވިޑުގެ އަލާމާތްތައް ފެނިގެން ފްލޫ ކްލިނިކަށް ދެއްކި ފަރާތްތަކުގެ އިތުރުން ރެންޑަމް ސާމްޕަލްގެ ތެރެިއން ޕޮޒިޓިވްވި މީހުންނާއި މާލެއިން ޓެސްޓު ކުރުމަށް ފަހު ނަތީޖާ ނުލިބެނީސް ރަށަށް އައި ފަހުން ޕޮޒިޓިވް ނަތީޖާ ލިބުނު ފަރާތްތަކެވެ.

ފުވައްމުލައް ހޮސްޕިޓަލުން އިތުރަށް ހާމަ ކުރި ގޮތުގައި މިހާރު ކޮވިޑަށް ޕޮޒިޓިވް ވާ މީހުންގެ ކިބައިން ބަލީގެ އަލާމާތްތައް ފެންނަލެއް ގިނައެވެ. އަދި ހޮސްޕިޓަލުގެ ބައެއް ހިދުމަތްތެރިންވެސް ޕޮޒިތިވް ވަމުންދާ ކަމަށާއި އެހެންކަމުން މިހާރަށް ވުރެ ބޮޑަށް އަމިއްލަ ރައްކާތެރިކަމަށް ބަލައިގެން އުޅުމަށް ރައްޔިތުންނަށް ހޮސްޕިޓަލްގެ ފަރާތުން އިލްތިމާސްކުރެއެވެ. އަދި ޒަރޫރީ ބޭނުމަކު ފިޔަވައި ގެއިން ބާރަށް ނުނިކުތުމަށާއި ބޭރަށް ދާއިރު ރަނގަޅަށް މާސްކު އަޅައި އަމިއްލަ ސަލާމަތަށް ފިޔަވަޅުތައް އެޅުމަށް ވަނީ އިލްތިމާސްކޮށްފައެވެ. 

Advertisement
ކިޔުންތެރިންގެ ހިޔާލު