ފުވައްމުލައް ސިިޓީ ގައި އަޅާފފައިވާ ބައެއް ފިޔަވަޅުތަކަށް ލުއި ދީފި
ފުވައްމުލައް ސިިޓީ ގައި އަޅާފފައިވާ ބައެއް ފިޔަވަޅުތަކަށް ލުއި ދީފިއެވެ.
މޭޔަރ އިސްމާއިލް ރަފީގް ވިދާޅުވީ ސިޓީ ކައުންސިލާއި އީއޯސީ އަދި އެޗްޕީއޭ ގުޅިގެން ކުރި މަސައްކަތުން ސްކޫލްތަކުގައި ކިޔެވައިދިނުން ހުއްޓާލާ އޮންލައިންކޮށް ގެންދަން ނިންމާފައިވާ ނިންމުމަށް ބަދަލުގެނެސްފައިވާ ކަމަށެވެ. އަދި މީގެ އިތުރުން ކެފޭ ރެސްޓޯރެންޓްތަށް ބަންދުކޮށް ޑެލިވަރީ އެކަނި އޮތް އޮތުން ކާފިއު ގަޑިއާއި ހަމަޔަށް ހުޅުވާގޮތަށް މިހާރު ވަނީ ނިންމާފައެވެ. މޭޔަރ އިތުރަށް ވިދާޅުވީ މިކަން މިގޮތަށް ނިންމި ކަމުގައިވިޔަސް ރަށުތެރޭގައި މި ބަލި އޮތްކަން ދަންނަން ޖެހޭނެ ކަމަށެވެ. އެޗްޕީއޭ އިން އެންމެ ކަންބޮޑުވާ މައްސަލައަކީ ވެސް މިއީ އެވެ. ޚާއްސަކޮށް ވެކްސިން ނުޖެހޭ އުމުރަށް މިކަމުގެ ނުރައްކާ ބޮޑުކަންވެސް މޭޔަރ ވިދާޅުވިއެވެ.
މިހާރު ފުވައްމުލަކުގައި ވެކްސިންޖަހާ އުމުރުގެ %75 މީހުންނަށް މިހާރު 2 ޑޯޒް މިހާރު ޖަހާ ނިމިފައިވާ ކަމަށް މޭޔަރ ފާހަނގަ ކުރައްވަމުން އިތުރަށް ވިދާޅުވީ އުންމީދަކީ %80 އާއި ހަމަޔަށް ވެކްސިން ޖެހުމަށެވެ.