Advertisement
Advertisement

ފުވައްމުލައް ސިޓީއިން އިތުރު 5 މީހުން ކޮވިޑް-19 އަށް މިއަދު ފައްސިވެއްޖެ

ފުވައްމުލައް ސިޓީއިން އިތުރު 5 މީހަކު ކޮވިޑް-19 އަށް ފައްސި ވެއްޖެއެވެ. މަޢުލޫމާތު ލިބިފައިވާ ގޮތުގައި މިއަދު ފައްސިވި މީހުންނަކީ މާލެއާއި ފުވައްމުލަކާއި ދޭތެރޭ ދަތުރުކުރާ ބޯޓެއްގެ ފަޅުވެރިންތަކެކެވެ. އަދި މިއީ ކުރިން އެހެން ބޯޓެއްގެ ފަޅުވެރިންތަކެއް ފައްސިވުމުގެ ސަބަބުން އެމީހުންގެ ޑައިރެކްޓް ކޮންޓެކްޓުންގެ ގޮތުގައި ފާހަގަވުމުގެ ސަބަބުން ސާމްޕަލްނެގި ބައެއް މީހުން ކަމަށްވެއެވެ. 

Advertisement

ފުވައްމުލައް ސިޓީގައި ކޮވިޑް-19 ގެ ބަލި ފެތުރެން ފެށިފަހުން ފާއިތުމިވީ 3 ދުވަހު އެއްވެސް މީހަކު ފައްސިނުވިނަމަވެސް މިއަދު ފައްސިވި މީހުނާއިއެކު ސިޓީގައި އެކްޓިވް ކޭސްގެ ގޮތުގައި 26 މިހާރު ވާނެއެވެ.  

މިހާރު ފުވައްމުލައް ސިޓީއިން ދަނީ ރެންޑަމް ސާމްޕަލް ނެގުމުގެ މަސައްކައްކުރަމުންނެވެ. މިގޮތުން އިއްޔެ 50 ސާމްޕަލް ނަގައި ޓެސްުޓުކުރުމަށް ފޮނުވާފައިވާ ކަމުގައި ރޭގެ ޕްރެސް ބްރީފިންގގައި މައުލޫމާތު ވަނީ ދީފައެވެ. 

ފުވައްމުލައް ސިޓީގައި ކޮވިޑް-19 ފެތުރެން ފަށާފައިވާއިރު ރައްޔިތުން ގަޔަށް ވެކްސިން ކޮންމެ ދުވަހަކުވެސް ޖަހަމުންދާކަން ފާހަގަކުރެވެއެވެ. މިގޮތުން މިހާތަނަށް 1500 އަށްވުރެ ގިނަ ޢަދަދަކަށް ވެކްސިން ޖަހާފައިވާކަމަށް މަޢުލޫމާތު ލިބިފައިވެއެވެ.



Advertisement
ކިޔުންތެރިންގެ ހިޔާލު