Advertisement
Advertisement

ފުވައްމުލަކު ފެނާއި ނަރުދަމާގެ މައްސަލަތަކުގެ ސަބަބުން މަގު ތަކުގައި ތާރު އެޅުން ހުރަހަކަށް ވެއްޖެ

ފުވައްމުލަކު ފެނާއި ނަރުދަމާގެ މައްސަލަތަކުގެ ސަބަބުން މަގު ތަކުގައި ތާރު އެޅުން ހުރަހަކަށް ވެއްޖެއެވެ. އެމްޓީސީސީ އާއި ސަރުކާރުން ފުވައްމުލަކުގައި 31 މަގެއް ރަނގަޅު ފެންވަރަކަށް ހަދާ ތާރު އަޅާ، މަގު ބައްތި ޖަހާ ނިންމަން ވަނީ ހަވާލު ކުރެވިފައެވެ. ނަމަވެސް މި ޕްރޮޖެކްޓަށް މިހާރު ވަނީ އެތަކެއް ބަދަލެއް ގެނެސްފައެވެ. އޭގެ ތެރޭގައި ކުރިން ޕްލޭން ކުރެވިފައި ނުވާ ސްޓޯމް ވޯޓަރ ސިސްޓަމް ވެސް ހިމެނެއެވެ. 

Advertisement

އެހެންނަމަވެސް މިހާރު ދިމާވެގެން އުޅެނީ އެހެން މައްސަލައެކެވެ. މިކަމާ ގުޅިގެން ފުވައްމުލަކު ރައްޔިތުން ސޯޝަލް މީޑިއާގައި ކަންބޮޑުވުން ފާޅުކުރާތާ މިހާރު ދެތިން ދުވަސް ވެއްޖެއެވެ. ރައްޔިތުންގެ ކަންބޮޑުވުންތަކަށް ބަލާލާއިރު، ބައެއް ރައްޔިތުން ދެކޭގޮތުގައި ރަށުގައި ނަރުދަމާގެ މައްސަލަތަކެއް ހުރިއިރު މިހާ ދުވަސް ވެގެން ދިޔައިރު ފެނަކައިގެ ވެރިންގެ ފަރާތުން މިކަން ހައްލުކުރަން މާބޮޑެތި މަސައްކަތްތަކެއް ނުކުރެއެވެ.

މިހާރު ލީކް ޓެސްޓް ކުރާނެ މެޝިނެއް ފުވައްމުލަކަށް ގެނެސް ލީކް ކުރާ ތަންތަން ހޯދުމުގެ މަސައްކަތް ވަނީ ފަށާފައެވެ. ނަމަވެސް މިހާތަނަށް އެއްވެސް ލީކެއް ފެނިފައި ނުވާކަމަށް ފުވައްމުލަކުން ވާހަކަ ދެއްކި ޒުވާނަކު ބުންޏެވެ.

ފުވައްމުލަކު މަގު ތަކުގެ މައްސަލަ އަކީ ފުވައްމުލަކު ރައްޔިތުން އެންމެ ބޮޑަށް ހައްލު ކުރަން ބޭނުން އެއް މައްސަލައެވެ. ނަމަވެސް ރާއްޖޭގެ އެހެން ރަށްތަކާ ޚިލާފަށް ފުވައްމުލަކު މަގުތަށް ހެދުމަކީ އުނދަގޫ ބުރަ މަސައްކަތެއް ކަމަށް މި މަސައްކަތް ކުރާ ފަރާތުން ބުނެއެވެ.

ނަރުދަމާގެ މައްސަލަތަށް ހައްލު ނުކުރެވިވާ ސަބަބެއް ކަމުގައި ގިނަ ބަޔަކު ދެކެނީ މަސައްކަތް ރަނގަޅަށް ނުނިމެނީސް މަސައްކަތް ކުރި ފަރާތް ފޮނުވާލުމެވެ. މިހެން މިކަން ކޮށްފައި ވަނީ ރައީސް ޔާމީންގެ ވެރިކަން ނިމެން ގާތްވެފައި ވަނިކޮށް އަވަސް އަރުވާލައިގެން ސިޔާސީ މަންފާއެއް ހޯދުމަށް ކަމަށްވެސް ރައްޔިތުން ބުނެއެވެ.

 

Advertisement
ކިޔުންތެރިންގެ ހިޔާލު