Advertisement
Advertisement

ޝަހީދުންގެ ދުވަސް: ކުއިޒް މުބާރާތުގެ އެއްވަނަ ފުވައްމުލަކު ސްކޫލަށް

ހަސަން ހައްސާމް
ކުއިޒް މުބާރާތުގެ އެއްވަނަ ހޯދި ފުވައްމުލަކު ސްކޫލުގެ ޓީމާއި އެކު ފުވައްމުލައް ސިޓީ މޭޔަރު އިސްމާއިލް ރަފީގު ކުއިޒް މުބާރާތުގެ އެއްވަނަ ހޯދި ފުވައްމުލަކު ސްކޫލުގެ ޓީމާއި އެކު ފުވައްމުލައް ސިޓީ މޭޔަރު އިސްމާއިލް ރަފީގު

ޝަހީދުންގެ ދުވަހުގެ މުނާސަބަތުގައި ފުވައްމުލަކު ސްކޫލްތަކުގެ މެދުގައި ބޭއްވި ކުއިޒް މުބާރާތް ފުވައްމުލަކު ސްކޫލް (އެފްއެސް) އިން ކާމިޔާބުކޮށްފިއެވެ.

Advertisement

މި މުބާރާތަކީ މި އަހަރުގެ ޝަހީދުންގެ ދުވަސް ގައުމީ ފެންވަރުގައި ފުވައްމުލަކުގައި ފާހަނގަކުރުމަށްޓަކައި މިނިސްޓްރީ އޮފް ހޯމް އެފެއާޒާއި ފުވައްމުލައް ސިޓީ ކައުންސިލުން މިރަށުގައި ކުރިއަށް ގެންދާ ހަރަކާތްތަކުގެ ތެރެއިން ސްކޫލު ދަރިވަރުންނަށް ހާއްސަކޮށްގެން ބޭއްވި ސުވާލާއި ޖަވާބު ހަރަކާތެކެވެ.

މާރޗް އެއްވަނަ ދުވަހުގެ ރޭ ބޭއްވި މިމުބާރާތުގައި ފުވައްމުލަކު ސްކޫލުގެ އިތުރުން އެމްޖޭއެސް، ޏ.އަތޮޅު ތައުލީމީ މަރުކަޒު އަދި ހާފިޒް އަހުމަދު ސްކޫލުން ވެސް ބައިވެރިވިއެވެ.

މިއަހަރުގެ ޝަހީދުންގެ ދުވަހަކީ މާރޗް 4 ވަނަ ދުވަހެވެ. މި ދުވަސް ގައުމީ ފެންވަރުގައި ފާހަގަކުރަން ސަރުކާރުން ނިންމާފައި ވަނީ ފުވައްމުލަކުގައެވެ. 

Advertisement
ކިޔުންތެރިންގެ ހިޔާލު