Advertisement
Advertisement

ފުވައްމުލައް ސިޓީގެ ފުޓްސަލް ޗެމްޕިއަންކަން ހޯދަޑަށް

ހޯދަޑު ސްޕޯޓްސް ކްލަބް / ފޮޓޯ: އަލީ ޝަރީފް ހޯދަޑު ސްޕޯޓްސް ކްލަބް / ފޮޓޯ: އަލީ ޝަރީފް

ފުވައްމުލައް ސިޓީ ކައުންސިލުން އިންތިޒާމް ކޮށްގެން ބޭއްވި ފުޓްސަލް މުބާރާތުގެ ޗެމްޕިއަންކަން ހޯދަޑު އަވަށު ހޯދަޑު ސްޕޯޓްސް ކްލަބުން ހޯދައިފިއެވެ.

Advertisement

ހޯދަޑު ސްޕޯޓްސް ކްލަބް ޗެމްޕިއަންކަން ހޯދީ މިރޭ ކުޅުނު ފޯރިގަދަ ފައިނަލް މެޗުގައި ދޫޑިގަން އަވަށު އެފްސީ ދޫޑިގަލާނޯ 1-0 އިން ބަލިކޮށްގެންނެވެ.ދެ ޓީމުން ވެސް ރަނގަޅަށް ކުޅެ ލަނޑު ޖަހާނެ ފުރުސަތު ތަނަވަސް ކުރި ނަމަވެސް ފުރަތަމަ ހާފު ނިމިގެން ދިޔައީ ލަނޑެއް ނުޖެހިއެވެ. 

ދެ ޓީމުގެ ގިނަ އަދަދެއްގެ ސަޕޯޓަރުންގެ ހަޅޭކުގެ ތެރޭގައި ކުރިއަށް ދިޔަ މެޗުގެ ހަމައެކަނި ލަނޑު ޖެހީ ހޯދަޑު ސްޕޯޓްސް ކްލަބްގެ ތަރި އަޔާޒް އަހުމަދެވެ. މި ލަނޑަށް ފަހު މެޗުގެ ކުޅުން ވަރުގަދަ ވެގެން ދިޔަ އިރު ރެފެރީންގެ ނިންމުންތަކާއި ދޫޑިގަލާނޯ ޓީމުން ދިޔައީ ކެނޑިނޭޅި ހިތްހަމަ ނުޖެހުން ފާޅު ކުރަމުންނެވެ. މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ހޯދަޑުގެ އަޔާޒެވެ.

ފައިނަލް މެޗަށް ފަހު މުބާރާތުގެ ޗެމްޕިއަން ޓީމަށް ޓްރޮފީ އާއި އިނާމު ހަވާލްކޮށްދެއްވީ ފައިނަލް މެޗުގެ ޝަރަފުވެރި މެހްމާނު ފުވައްމުލައް ސިޓީގެ މޭޔަރު އިސްމާއިލް ރަފީގު އެވެ. ޗެމްޕިއަން ޓީމަށް 30،000/- ރުފިޔާ ލިބުނެވެ. ރަނަރަޕް ދޫޑިގަލާނޯ އަށް 15،000/- ރުފިޔާ ލިބުނެވެ.

މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިންނަށް ހޮވުނީ ހޯދަޑުގެ އަޝްރަފް އަބްދުﷲ އާއި ލިރުއާމް(ހަބޭސް ލިރޫ)، ދޫޑިގަލާނޯގެ ޝައްފާން(ޝާކާ)، ދަޑިމަގުގެ އިބްރާހިމް އަރީޝް(އަރިއްޓޭ) އެވެ.

ހޯދަޑު ސްޕޯޓްސް ކްލަބުން ގެންދަނީ މިފަހުން ފުވައްމުލަކުގައި ބާއްވާ
ހުރިހާ ފުޓްސަލް މުބާރާތްތައް ކާމިޔާބު ކުރަމުންނެވެ. 

Advertisement
ކިޔުންތެރިންގެ ހިޔާލު