Advertisement
Advertisement

ފުވައްމުލައް ސިޓީގައި ރޭންޑަމް ސާމްޕަލް ނެގުން

އައްވާމް އިބްރާހީމް
ފުވައްމުލަކު ހޮސްޕިޓަލް ފޭސްބުކް ޕޭޖު ފުވައްމުލަކު ހޮސްޕިޓަލް ފޭސްބުކް ޕޭޖު

ދިވެހިރާއްޖޭގެ ރަށްތަކުގައި ކޮވިޑް19 ހަލުވިކަމާއެކު ފެތުރެމުންދާތީވެ ފުވައްމުލަކު ސިޓީގައި ކޮވިޑް19 ފެތުރިފައި އޮތް މިންވަރު ދެނެގަތުމަށް ރޭންޑަމް ސާމްޕަލް ނެގުން މިއަދު ފަށައިފިއެވެ. ރެންޑަމް ސާމްޕަލިންގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ފެބްރުއަރީ 7 އަދި 8 ވަނަ ދުވަހުއެވެ.

Advertisement

މީގެ އިތުރުން ފުވައްމުލަކުގައިވަނީ ވެކްސިންދިނުމުުގެ ޕްރޮގްރާމްވެސް ކުރިއަށް ގެންދަން ފަށާފައެވެ. އެންމެ ފުރަތަމަ ބުރުގައި ވެކްސިން ދިނުމަށް ހަމަޖެހިފައިވަނީ 80 އަހަރުން މަތީގެ މީހުންނާއި ފްރޮންޓްލައިންގައި މަސައްކަތްކުރާ ފަރާތްތަކަށެވެ.

އެހެންކަމުން މިކަމުގައި ފުވައްމުލަކު ސިޓީގައި ދިރިއުޅޭ އެންމެހައި ފަރާތްތަކުގެ އެއްބާރުލުމަށް ފުވައްމުލަކު ހޮސްޕިޓަލުންވަނީ އެދިފައެވެ.

Advertisement
ކިޔުންތެރިންގެ ހިޔާލު