Advertisement

ފުވައްމުލަކުގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި

އެކްސިޑެންޓުގައި ހަލާކުވި ކާރު އެކްސިޑެންޓުގައި ހަލާކުވި ކާރު

ފުވައްމުލަކުގައި ރޭގެ ވަގުތެއްގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފިއެވެ.

Advertisement

މި އެކްސިޑެންޓް ހިނގާފައިވަނީ ބާރު ސްޕީޑްގައި ދުއްވާފައި ދިޔަ ކާރެއް ގޯޅިއަޅަން އުޅުމުގެ ތެރޭގައި ކޮންޓްރޯލު ނުވެ ގޮސް ފާރެއްގައި ޖެހިގެންނެވެ. ޚަބަރު ލިބޭގޮތުގައި އެވަގުތު ކާރުގައި  ތިބީ 18 އަހަރު ނުވާ ކުޑަ 2 ކުދިންނެވެ. މި އެކްސިޑެންޓް ގައި ދެކުދިންނަށްވެސް އެއްވެސް އަނިޔާއެއް ނުވާކަމަށް ޚަބަރު ލިބެއެވެ. ނަމަވެސް ކާރަށް ވަރަށް ބޮޑެތި ގެއްލުން ލިބިފައިވާކަމަށް އެސަރަހައްދުގައި ތިބި މީހުން މަޢުލޫމާތު ދެއެވެ. އެވަގުތު ކާރުގައި ތިބި 2 ކުދިންނަށް އަނިޔާއެއް ނުވެ ސަލާމަތްވީ ކާރުގައި އެއާރ ބޭގް ހުރުމުގެ ސަބަބުން ކަމަށް ވެއެވެ.

އެއަރ ބޭގަކީ ކާރު ތަނެއްގައި ޖެހޭ ވަގުތު ފަޅައިގެންދާ ގޮތަށް ކާރުގެ ޑޭޝް ބޯޑްް އަދި ހުންގާނުގައި ހުންނަ ބޭގެކެެވެ. މި ބޭގަށް ވައި އެޅިގެން ނިކުންނާނީ ކާރު ތަނެއްގައި ޖެހިގެން އެކްސިޑެންޓެއް ހިނގާ ވަގުތުގައެވެ. މި އެއާރ ބޭގް ތަކުގެ ސަބަބުން އެތަށް ފުރާނައެއް ސަލާމަތް ވުމަށް އެހީތެރިވެދެއެވެ.

ތަފްސީލް އަންނަނީ...

Advertisement
ކިޔުންތެރިންގެ ހިޔާލު