Advertisement
Advertisement

ފުވައްމުލަކު ނައިބު ތުއްތު މަގުގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި

އެކްސިޑެންޓް ވި ސައިކަލް އެކްސިޑެންޓް ވި ސައިކަލް

ފުވައްމުލަކު ނައިބު ތުއްތު މަގުގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި ދެ ސައިކަލުގެ ތެރެއިން އެއް ސައިކަލުގައި އިން އެކަކަށް ވަރަށް ބޮޑަށް އަނިޔާ ވެއްޖެއެވެ. މިހާދިސާގައި ބޮޑަށް އަނިޔާވި މިހާ އަށް މިހާރު ދަނީ ފުވައްމުލަކު ހޮސްޕިޓަލުގައި ފަރުވާ ދެމުންނެވެ. މި ހާދިސާ ގައި އަނިޔާ ވެފައިވަނީ ފުވައްމުލަކު ދޫނޑިގަން އަވަށު މީހަކަށް އަދި ދެން އަނިޔާވީ ފުނާޑު އަވަށު މީހަކަށެވެ. 

Advertisement

މި ހާދިސާ ހިނގަން މެދުވެރިވީ ނައިބުތުއްތު މަގުން ދުއްވާފައި ދިޔަ ސައިކަލަކާއި ގޯޅިއަކުން ނިކުތް ސައިކަލެއް ޖެހިގެން ކަމަށް މަންޒަރު ދުށް ފަރާތްތަކުން މައުލޫމާތު ދެއެވެ. މި އެކްސިޑެންޓް ހިނގާފައިވަނީ ފުވައްމުލަކު ކުނިގޮނޑު ސަރަހައްދާ ދިމާއިން ނައިބު ތުއްތު މަގުގައެވެ. 

ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.


Advertisement
ކިޔުންތެރިންގެ ހިޔާލު