Advertisement
Advertisement

އެމްޓީސީސީ އިން ފުވައްމުލަކުގައި މިނީ ބަސް ދަތުރު ފެށުމަށް އެންމެ ފަހުގެ ތައްޔާރީތައް ވާން ފަށައިފި

ފޮޓޯ: ސިޓީ ކައުންސިލް ފޮޓޯ: ސިޓީ ކައުންސިލް

އެމްޓީސީސީ އިން ފުވައްމުލަކުގައި މިނީ ބަސް ދަތުރު ފެށުމަށް އެންމެ ފަހުގެ ތައްޔާރީތައް ވާން ފަށައިފިއެވެ. 

Advertisement

މިއަދު ފުވައްމުލަކު ސިޓީ ކައުންސިލް އަދި އެމްޓީސީސީގެ އިސް ވެރިން ސިޓީ ކައުންސިލްގައި ވަނީ ބައްދަލުވުމެއް ބާއްވާފައެވެ. މި ބައްދަލު ވުމުގައި ވާހަކަ ދެކެވިފައިވަނީ ބާކީ ހުރި މަގު ތަކުގައި ދުއްވާނެ ތާވަލަކާއި ބެހޭގޮތުން ނެވެ. މީގެ އިތުރުން ބަސް ދުއްވުމުގައި ދިމާވާ ބައެއް ދަތިތަކާއި ބެހޭގޮތުން ހައްލެއް ހޯދުމަށް ކައުންސިލް އާއި ވާހަކަ ވެސް ދެކެވުނެވެ. އެގޮތުން މިހާރު މަގު ތަކުގައި ދުއްވާއިރު ބަސް މަޑު ކުރަން ޖެހެނީ މަގުގެ އެއް ފަރާތުގައި ކަމަށް ވުމުން މަގުގައި ދުއްވާ އެހެން ފަރާތްތަކަށް އެކަމުގެ ސަބަބުން ކޮންމެވެސް ދަތިތަކެއް ކުރިމަތި ވާކަން އެމްޓީސީސީ އިން ފާހަނގަ ކުރެއްވިއެވެ.

މިވަގުތު ދުއްވަން ހަމަޖެހިފައިވަނީ ނައިބްތުއްތު (ތާރު) މަގުގައި އެކަނި ނަމަވެސް ވަރަށް އަވަހަށް އެހެން މަގު ތަކުގައި ވެސް ދުއްވަން ފަށާނެ ކަމަށް މަޢުލޫމާތު ލިބެއެވެ. 

ބަސްދަތުރު ތަކަށް ޗާޖް ކުރާނެ ޢަދަދެއް އަދި ފައިނަލް ނުވެއެވެ. ނަމަވެސް 5-10 ދޭތެރޭގެ ޢަދަދެއް ކަމަށް ބޮޑަށް ލަފާ ކުރެވޭ ކަމަށް ކައުންސިލްގެ ސެކެޓްރީ ޖެނެރަލް ވަނީ ވިދާޅުވެފައެވެ. ހަމަ އެއާއި އެކު ބަސް ދަތުރުތަށް ރަސްމީކޮށް ފެށިގެންދާއިރު ބޮޑަށް މަސައްކަތް ކުރަމުންދަނީ "ކޭޝް ލެސް" ނިޒާމެއްގެ ތެރެއިން ފައިސާ ނަގާ ގޮތަކަށެވެ. އެގޮތުން މިހާރު ރާއްޖެއިން ބޭރުގެ ކުންފުނިއަކާއި ބޭނުން ކުރާނެ ސޮފްޓްވެއާރ އަކާއި ބެހޭގޮތުން ދަނީ ވާހަކަ ދެކެވެމުންނެވެ. 

ބަސް ސްޓޮޕްތައް

ބަސް ޓާމިނަލް، އެއާޕޯޓް، ވަށޮވެޔޮ، ފުނާޑް ފުޓްސަލް، ހޯކްސް ޕެޓްރޯލް ޝެޑް، މައިލޯ ސްޓޭޑިއަމް، މާނޭރެ އަތިރި، ވަލި ފަންނޮ، ކްރިކެޓް ސްޓޭޑިއަމް، އެމްޖޭ އެސް ސްކޫލް، ނެރެގަނޑޮ ފަންނު، ދަޑިމަގު އާރޮ، އެމްޓީސީސީ ސައިޓް، ގެތް މިސްކިތް، ޕެބްލްސް

ބަސް ޝެޑިއުލް


މިއަދުގެ ބައްދަލު ވުމުގައި ބައިވެރި ވެފައިވަނީ ސިޓީ ކައުންސިލްގެ ބައެއް ކައުންސިލަރުންގެ އިތުރުން ކައުންސިލުގެ އިދާރީ ބައެއް މުޢައްޒަފުންނާއި އެމްޓީސީސީގެ ބައެއް އިސް ވެރިންނެވެ.

ފުވައްމުލަކުގައި މިހާރު ބޭނުން ކުރަމުން މިގެންދާ މިނީ ބަސްތަކުގެ ބޭނުން ވަރަށް ގިނަ ރައްޔިތުން ހިފަމުން ގެންދާ ކަމަށް ބުނެއެވެ.

Advertisement
ކިޔުންތެރިންގެ ހިޔާލު