ފުވައްމުލައް ސިޓީ ސްޓޭޑިއަމްގެ ފުޓްސަލް ދަނޑު ހުޅުވައިފި

ފުވައްމުލައް ސިޓީ ސްޓޭޑިއަމް ގެ ފުޓްސަލް ދަނޑު ފުވައްމުލައް ސިޓީ ސްޓޭޑިއަމް ގެ ފުޓްސަލް ދަނޑު

ފުވައްމުލައް ސިޓީގެ ސްޓޭޑިއަމްގައި ހަދާފައިވާ ފުޓްސަލް ދަނޑުގެ މަސައްކަތް ނިންމައި ދަނޑު ރަސްމީކޮށް ހުޅުވައިފިއެވެ. 

ޓާރފް ޕިޗެއް އަޅައިގެން އޮރިޖިނަލް ޓާރފް ސައިޒަށް ހަދާފައިވާ މި ދަނޑު ހުޅުވައި ދެއްވީ ފުވައްމުލައް ސިޓީގެ މޭޔަރު އިސްމާއިލް ރަފީގެވެ. މިކަމަށް ބޭއްވި ރަސްމިއްޔާތުގައި ފުވައްމުލައް ސިޓީ ޕޮލިސްއާއި ފުވައްމުލައް ސިޓީ ކައުންސިލްއާއި ދެމެދު އެކުވެރިކަމުގެ ފުޓުބޯޅަ މެޗެއް ކުޅުނެވެ.

މިއީ ސަރުކާރުގެ އެހީތެރިކަމާއި އެކު ފުވައްމުލަކު ސިޓީ ކައުންސިލުން ހެދި ދަނޑެކެވެ. ދަނޑުގެ މަސަތްކަތަށް ބޭނުންވާ ގިނަ ސާމާނުތަކެއް ފުވައްމުލަކު މެދު ދާއިރާ މަޖިލިސް މެމްބަރ ހުސެން މުޙައްމަދުގެ އެހީތެރިކަމާއިއެކު ޔޫތް މިނިސްޓްރީއިން ވަނީ ފޯރުކޮށްދީފައެވެ.

މި ދަނޑުގެ މަސައްކަތް އެކިފަހަރުމަތިން ކުރަމުން އައިސް އެކި ސަބަބުތަކާއި ހެދި މެދުކެނޑުނު ނަމަވެސް މިހާރު މިދަނޑު އެއްކޮށް ނިންމާލެވިގެން ދިއުމަކީ މިރަށުގެ ރައްޔިތުންނަށް އަދި ވަކިން ހާއްސަކޮށް ޒުވާނުންނަށް ލިބިގެންދާނެ ބޮޑު ހިތްހަމަޖެހުމެކެވެ. 

Advertisement
ކިޔުންތެރިންގެ ހިޔާލު