Advertisement
Advertisement

މުއިއްޒު ބަލިކޮށް އެލްޖީއޭ ބޯޑަށް އިއްސެ

އިސްމާއީލް ރަފީގް، ފުވައްމުލައް ސިޓީ މޭޔަރ އިސްމާއީލް ރަފީގް، ފުވައްމުލައް ސިޓީ މޭޔަރ

ލޯކަލް ގަވަރމެންޓް އޮތޯރިޓީ (އެލްޖީއޭ)ގެ ބޯޑަށް ސިޓީ ކައުންސިލްތަކުގެ ފަރާތުން ފުވައްމުލަކު ސިޓީ މޭޔަރު އިސްމާއިލް ރަފީގު އިންތިހާބު ކޮށްފިއެވެ.

Advertisement

ފުވައްމުލަކު މޭޔަރު އިސްމާއިލް އެލްޖިއޭ ބޯޑުގެ ސިޓީ ކައުންސިލްގެ ގޮނޑި ކާމިޔާބުކުރައްވާފައިވަނީ މާލެ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒުއާ ވާދަކުރައްވައެވެ. އިސްމާއިލަށް 24 ވޯޓު ލިބުނުއިރު މުއިއްޒުއަށް ލިބުނީ 21 ވޯޓެވެ.

އެގޮތުން ފުވައްމުލަކުގައި ބެހެއްޓި ފޮށިން އިސްމާއީލަށް ފަސް ވޯޓު ލިބުނުއިރު މުއިއްޒު އަށް ލިބުނީ އެއް ވޯޓެވެ. މިފޮށިން އެއް ވޯޓް ބާތިލްވެފައިވެއެވެ.

ކުޅުދުއްފުށީގައި ބެހެއްޓި ފޮށިން ހުރިހާ ވޯޓެއް އިއްސެއަށް ލިބުނުއިރު މާލޭގައި ބެހެއްޓި ފޮށިން އިއްސެއަށް ހަ ވޯޓު ލިބުނުއިރު މުއިއްޒު އަށް 13 ވޯޓު ލިބުނެވެ.

 އައްޑޫސިޓީގައި ބެހެއްޓިފޮށިން އިއްސެއަށް ލިބުނީ ހަ ވޯޓެވެ. މުއިއްޒުއަށް ލިބުނީ ހަތް ވޯޓެވެ. އައްޑޫސިޓީ ކައުންސިލުގެ ފޮށިން މުއިއްޒު ކުރި ހޯއްދެވިނަމަވެސް އައްޑޫސިޓީ ކައުންސިލަކީ އެމްޑީޕީ މެޖޯރިޓީ އޮންނަ ކައުންސިލެކެވެ. އެގޮތުން ކައުންސިލްގައި މޭޔަރު ހިމެނޭގޮތަށް އެމްޑީޕީގެ 7 މެމްބަރުން ތިބޭއިރު ޕީޕީއެމްގެ ތިބެނީ 3 މެމްބަރުންނެވެ. އަދި އަމިއްލަ 3 މެމްބަރުން ތިބެއެވެ.

އެލްޖީއޭގެ ބޯޑުގެ އަތޮޅު ކައުންސިލްތަކުގެ ތެރެއިން އިންތިހާބުކުރާ މެމްބަރުކަމަށް ކ. އަތޮޅު ކައުންސިލްގެ ރައީސްގެ މުހައްމަދު ނިމާލް ވަނީ އިންތިހާބަކާއި ނުލައި ހޮވިވަޑައިގެންފައެވެ. ނިމާލް އެ ގޮނޑިޔަށް އިންތހާބު ވެފައިވަނީ ވަގުތު ހަމަވިއިރު އިތުރު ފަރާތަކުން ކުރިމަތިލާފައި ނުވާތީއެވެ.

އެލްޖީއޭގެ ބޯޑު މެންބަރު ކަމަށް ރަށު ކައުންސިލްތަކުން ހަތް ފަރާތަކުން ވާދަކުރެއެވެ

Advertisement
ކިޔުންތެރިންގެ ހިޔާލު